ކ. މާލެ
|
23 ފެބްރުއަރީ 2024 | ހުކުރު 15:13
އިންޓަމިލާނުގެ ފޯވަޑް މާކަސް ތުރަމް
އިންޓަމިލާނުގެ ފޯވަޑް މާކަސް ތުރަމް
ގޫގުލް
އިންޓަމިލާން
ތުރަމްގެ ފަލަމަސްގަނޑު ހަލާކުވެ، ކުޅުމާ ދުރަށް
 
އޭނާގެ ފަޔަށް އަނިޔާވީ އެތްލެޓިކޯ މެޑްރިޑް މެޗުގައި

އިޓަލީގެ އިންޓަމިލާނުގެ ފޯވަޑް މާކަސް ތުރަމްގެ ފަލަމަސްގަނޑު ހަލާކުވެ ދެ ހަފުތާއަށްވުރެ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

އޭނާގެ ފަޔަށް އަނިޔާވީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑް އަތުން 1-0އިން މޮޅުވި މެޗުގަ އެވެ. މި މެޗުގެ ވަކި ހިސާބަކުން އޭނާ ދަނޑުން ބާލަން ޖެހުނު ނަމަވެސް އިންޓައިން ވަކި އެއްޗެއް ނުބުނެ ފަސްކުރި އެވެ. ނަމަވެސް މެޑިކަލް ޓެސްޓް ތަކަށް ފަހު ފްރާންސްގެ ފޯވަޑަށް ކުރިއަށް ހުރި ބައެއް މެޗުތަކުގައި ނުކުޅެވޭނެކަން ކުލަބުން ވަނީ ބުނެފަ އެވެ.

ތުރަމް އަކީ މިދިޔަ ސީޒަނުގައި އިންޓަމިލާނަށް ބަދަލުވުމަށްފަހު ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ކުލައި ބައެއް މެޗުތަކެއް ކުޅެން ޖެހުމުން ކުލަބުން ބުނީ ވަގުތުކޮޅަކަށް ގެއްލުނީ މުހިންމު ކުޅުންތެރިއެއް ކަަމަށެވެ. ނަމަވެސް އިންޓަމިލާނުގެ އަމާޒަކީ އިޓާލިއަން ލީގުގައި ލިބިފައިވާ ލީޑް ދަމަހައްޓައި ޗެމްޕިއަންސް ލީގުގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދައި ކުއާޓާ ފައިނަލަށް ދަތުރުކުރުން ކަމަށެވެ.

އިޓަލީގެ ޓީމުތަކުގެ ތެރެއިން މި ސީޒަނުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެއް ޓީމަކީ ވެސް އިންޓަ އެވެ. އަދި ޓީމުގައި ތުރަމް އަދާކުރަމުންދަނީ މުހިންމު ދައުރެކެވެ. ފްރާންސްގެ ފޯވަޑަކީ 1998 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގެ މަޝްހޫރު ޑިފެންޑަރު ލިލިއަމް ތުރަމްގެ ދަރިފުޅެވެ. އަދި މާކަސް ތުރަމް ވަނީ 2022ގެ ވޯލްޑްކަޕުގައި ފްރާންސް ޓީމުގައި ބަދަލު ކުޅުންތެރިއެއްގެ ރޯލު އަދާކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް