ކ. މާލެ
|
21 ފެބްރުއަރީ 2024 | ބުދަ 11:11
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަ މިލާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަ މިލާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ފުރަތަމަ ލެގުގައި އިންޓަ އިން އެތުލެޓިކޯ ބަލިކޮށްފި
 
މި ދެ ޓީމު ވާދަކުރާ ދެ ވަނަ ލެގުގެ ކުޅުން އޮންނާނީ މާޗު މަހުގެ 14 ގައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން އިޓަލީގެ އިންޓަ މިލާން މޮޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ އިންޓަގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. އިންޓަ އަކީ މިދިޔަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ރަނަރަޕް ޓީމެވެ. މިދިޔަ ސީޒަންގެ ފައިނަލްގައި އެ ޓީމު ބަލިވީ މެންޗެސްޓަރ ސިޓީއާ ވާދަކޮށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. ނަމަވެސް މެޗުގައި އިންޓަ އިން ވެސް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 79 ވަނަ މިނެޓުގައި އިންޓަ އަށް ލީޑު ނަގައިިދިނީ މާކޯ އާނޮޓޮވިޗް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސތު ތަނަވަސްކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ. މެޗުގައި އާނޮޓޮވިޗް ކުޅެން ނުކުމެފައި ވަނީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ބެންޗުންނެވެ.

މޮޅާއެކު އިންޓަ އިން ވަނީ ކުއާޓާ ފައިނަލްގެ އުންމީދު ބޮޑު ކޮށްފަ އެވެ. މި ދެ ޓީމު ވާދަކުރާ ދެ ވަނަ ލެގުގެ ކުޅުން އޮންނާނީ މާޗު މަހުގެ 14 ގައެވެ. އެތުލެޓިކޯގެ ދަނޑުގައި ކުޅޭ އެ މެޗު އެއްވަރުކޮށްލައިގެން ވެސް، އިންޓަ އަށް ކުއާޓާ ފައިނަލަށް ދިޔުމުގެ ފުރުސަތު އޮންނާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް