ކ. މާލެ
|
15 ފެބްރުއަރީ 2024 | ބުރާސްފަތި 22:24
މާއުނގޫދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ
މާއުނގޫދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ
އެމްޓީސީސީ
ށ. މާއުނގޫދޫ ބަނދަރުގެ މަޝްރޫއު
މާއުނގޫދޫ ބަނދަރު ތަަރައްގީކުރުމުގެ މަޝްރޫއުގެ 55 އިންސައްތަ މަސައްކަތް ނިމިއްޖެ
 
މި މަޝްރޫއަކީ 56.79 މިލިއަން ރުފިޔާގެ މަޝްރޫއެއް
 
މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދޭ

ށ. މާއުނގޫދޫ ބަނދަރު ތަަރައްގީ ކުރުމުގެ މަޝްރޫއުގެ 55 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މާއުނގޫދޫ ބަނދަރު ތަަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 55 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި، މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އަދި ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތްތައް މިމަހުގެ 11 ވަނަ ދުވަހު ފެށިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން، 59,013 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ ސަަރަހައްދެއްގެ ނެރު ފުންކުރުމާއި، 362 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 312 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1509 ސްކޮޔަރ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 56.79 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެރަށުގެ ރައްޔިތުންނަށް ވަނީ ދަތުރުފަތުރު ކުރުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް މިމަޝްރޫއު ނިމުމުން އެ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް