ކ. މާލެ
|
11 ފެބްރުއަރީ 2024 | އާދީއްތަ 06:48
ފްލެޓް މައްސަލައިގައި އާއްމުން އޭސީސީ އަށް އެއްވެ ނުރުހުން ފާޅުކުރަނީ
ފްލެޓް މައްސަލައިގައި އާއްމުން އޭސީސީ އަށް އެއްވެ ނުރުހުން ފާޅުކުރަނީ
ފްލެޓް ލިބުނު މީހުން އަލުން ކަނޑައަޅަނީ
މައްސަލަ ނެތް ފޯމުތައް ލިބިއްޖެ، ފްލެޓް ލިބުނު މީހުން ކަނޑައެޅުމުގެ މަސައްކަތް މިދަނީ ކުރަމުން: ހައުސިންގ މިނިސްޓްރީ
 
ލިސްޓުގައި ހިމެނޭ ފޯމުތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއްކަމަށް މިނިސްޓްރީން ބުނޭ
 
އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވަނީ 20.7 އިންސައްތަ ފޯމުގައި

"ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ދޫކުރާ ފްލެޓްތަކާއި ގުޅޭގޮތުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކުރި ތަހުގީގުގައި ޝަރުތުހަމަވެ އިތުރު މައްސަލައެއް ހުރިކަން ފާހަގަވެފައިނުވާ ފޯމުތަކުގެ ލިސްޓެއް އޭސީސީން ހައުސިންގ މިނިސްޓްރީއަށް ފޮނުވައިފިއެވެ.

އެލިސްޓް ފޮނުވާފައިވާކަން ހާމަކޮށް ހައުސިންގ މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ އެ ލިސްޓް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތައާރަފުކުރި "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ދޫކުރާ މި ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންގެ ފްލެޓްތައް ވީ އެންމެ އަވަހަކަށް ހަވާލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.

މި ފްލެޓްތައް ދޫކުރުމުގައި ބޮޑެތި އޮޅުވާލުންތައް އޮޅުވާލާފައިވާ ކަމަށް ބުނެ ފެންމަތިވި މައްސަލަތަކާ އެކު އޭސީސީން ކުރި ތަހުގީގަށްފަހު އެކޮމިޝަނުން ބުނެފައިވަނީ 4000 ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 59.6 އިންސައްތަ ފޯމަކީ ޝަރުތު ހަމަ ނުވި ނަމަވެސް، ފްލެޓު ލިބޭނެކަމަށް އޭރުގެ ހައުސިންގ މިނިސްޓްރީން ކަނޑައަޅާފައިވާ ފަރާތްތައްކަމަށެވެ. އޭސީސީން ބުނީ، ތަހުގީގުގައި ޝަރުތުހަމަވެ، އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވަނީ 20.7 އިންސައްތަ ފޯމުގައި ކަމަށެވެ. ޝަރުތު ފުރިހަމަވިނަމަވެސް، އެކި މައްސަލަތައް ފާހަގަވެފައި ހުރީ 19.7 އިންސައްތަ ފޯމުގައިކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

އޭސީސީން ތަހުގީގު ނިންމުމަށްފަހު މައްސަލަ ހުރިކަން ފާހަގަނުވާ ފޯމުތަކުގެ ލިސްޓެއް ހައުސިންގ މިނިސްޓްރީއަށް ފޮނުވާފައިވާއިރު އެމިނިސްޓްރީން އިތުރަށް ބުނީ މި ލިސްޓުގައި ހިމެނޭ ފޯމުތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއްކަމަށެވެ.

އެހެންކަމުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް މިނިސްޓްރީން ކުރަމުން އަންކަމަށް ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އަދި ދަންނަވަމެވެ. އޭސީސީން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ފޯމުތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމުގައިވާތީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް މި މިނިސްޓްރީން ކުރަމުންދާ ވާހަކަ ދެންނެވީމެވެ.
ހައުސިންގ މިނިސްޓްރީގެ ނޫސް ބަޔާން

ފްލެޓް ލިސްޓާ ގުޅޭ ތަހުގީގަށް ފަހު އޭސީސީން ހައުސިން މިނިސްޓްރީ އަށް ލަފާދީފައިވަނީ ޝަރުތުހަމަވެ، އެއްވެސް މައްސަލައެއް ނެތް މީހުންނަށް ފްލެޓް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ފްލެޓް ލިސްޓްގައި ހިމެނޭ ހައްޤުވެރި ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނީ އޭ.ސީ.ސީ އަދި އެޓަރނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފްލެޓުތަކުގެ މަސައްކަތް ނުނިމޭ، އެމަސައްކަތް ނިމޭއިރު ފެލެޓު ކޮމެޓީގެ މަސައްކަތް ވެސް ނިންމާ ހައްގުވެރިންނަށް ފްލެޓުތައް ދޫކުރާނެ: ހީނާ
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ގޯއްޗާއި ފްލެޓު ލިސްޓަށް ބަދަލު ގެންނަން އުޅޭކަމަށް ފަތުރަމުންދަނީ ޙަޤީޤަތާ ޚިލާފު ޚަބަރެއް: މިނިސްޓްރީ
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް
ފްލެޓާ ގުޅޭގޮތުން ރައީސް އޮފީހަށް ހުށަހެޅި ޕެޓިޝަނަށް 4 މަސްފަހުން ދިން ކުރު ޖަވާބު: ހައުސިންގ މިނިސްޓްރީއަށް ދޭ!