ކ. މާލެ
|
7 ފެބްރުއަރީ 2024 | ބުދަ 12:54
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އޭސީސީ
އޭސީސީގެ ތަހުގީގު
ފްލެޓު ދޫކުރުމުގެ މަސައްކަތް ލަސްވެެގެން ގޮސް، ކޮރަޕްޝަނަށް މަގުފަހިވާނަމަ އޭސީސީން އެކަމުގެ ތެރެއަށް ވަންނާނެ
 
ތަހުގީގުގައި ޝަރުތުހަމަވެ، އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވަނީ 20.7 އިންސައްތަ ފޯމުގައި
 
މީހެއްގެ ހައްގެއް ގެއްލޭ ހިސާބަށް ގޮސް، ކޮރަޕްޝަނަށް މަގުފަހިވާނަމަ އެކަން ބަލާނެ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބެންޖެހޭ ފަރާތްތަކަށް ފްލެޓު ދޫކުރުމުގެ މަސައްކަތް ލަސްވެެގެން ގޮސް، ކޮރަޕްޝަނަށް މަގުފަހިވާނަމަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކަމުގެ ތެރެއަށް ވަންނާނެކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ކޮމިޝަނުން އެހެން ބުނީ ބުދަ ދުވަހު އޮތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައެވެ.

މި ކޮމިޓީގައި އޭސީސީން ބުނީ، ފުލެޓް ލިބޭނެކަމަށް ބުނެފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބެންޖެހޭ ފަރާތްތަކަށް ފްލެޓު ދޫކުރުމުގެ މަސައްކަތް ލަސްވެެ، މީހެއްގެ ހައްގެއް ގެއްލޭ ހިސާބަށް ގޮސް، ކޮރަޕްޝަނަށް މަގުފަހިވާނަމަ އޭސީސީން އެކަމުގެ ތެރެއަށް ވަންނާނެކަމަށެވެ.

އޭސީސީން ބުނީ، ތަހުގީގުގައި ޝަރުތުހަމަވެ، އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވަނީ 20.7 އިންސައްތަ ފޯމުގައި ކަމަށެވެ. އެގޮތުން އެއްވެސް މައްސަލައެއް ނެތް ފަރާތްތަކަށް ފްލެޓު ހަވާލު ކުރުމުގެ ކަންކަން ހަމަހަމަކަމާއެކު ކުރިއަށް ގެންދަން ހައުސިންގ މިނިސްޓްރީގައި ދަންނަވާފައިވާނެކަމަށް ވެސް އޭސީސީން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ކޮރަޕްޝަނުގެ ކުށްތަކަށް އަރައިގަންނަ ސަބަބުތަކާއި ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް ޚާއްސަ ދިރާސާއެއް ހަދަނީ
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް
އޭސީސީއަކަށް ރަސްމާލެ ނުފެނޭ، އުޅެނީ މާ ކުދިކުދި މައްސަލަތައް ބެލުމުގައި - ޔާމީން
އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް
ހައުސިންގ ކޮމިޓީއަށް ލަފާދޭން ނެގި ކޮމިޓީ: ކައުންސިލް މިނިސްޓްރީން ކައުންސިލުތަކުގެ ބާރު ކަނޑުވާލުމުގެ އިތުރު ބޮޅެއް