ކ. މާލެ
|
1 ފެބްރުއަރީ 2024 | ބުރާސްފަތި 22:19
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ރާއްޖެއެމްވީ
ޝަމީމަށް ޙަމަލާދިނުން
ޝަމީމަށް ހަމަލާދިން މީހުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފި
 
ޕީޖީއަށް ޙަމަލާދީފައިވަނީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭގެ މަގުމަތީގައި، ސައިކަލެއްގައި އައި ދެ މީހެއް

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން މީޑިޔާއަށް ފޮނުވި މެސެޖުގައި ބުނީ އެ ދެ މީހުން ބަންދު ކުރުމުގެ އަމުރު ނެރެދިނީ ކްރިމިނަލް ކޯޓުން ކަމަށެވެ.

ޕީޖީއަށް ޙަމަލާދީފައިވަނީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭގެ މަގުމަތީގައި، ސައިކަލެއްގައި އައި ދެ މީހަކެވެ. އަދި ޕީޖީއަށް ޙަމަލާދީފައިވަނީ ހަތިޔާރެއް ބޭނުންކޮށްގެންކަމަށް ވެސް ފުލުހުން ވެސް ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ޕީޖީގެ ސެކިއުރިޓީވެސް ވަނީ ވަރުގަދަކޮށްފައެވެ. އަދި އެ މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
100%
ކޮމެންޓް