ކ. މާލެ
|
23 ޖެނުއަރީ 2024 | އަންގާރަ 09:06
އިންޓަމިލާނުގެ ކުޅުންތެރިން ތަށި އުފުލާލަނީ
އިންޓަމިލާނުގެ ކުޅުންތެރިން ތަށި އުފުލާލަނީ
ގޫގުލް
އިޓާލިއަން ސުޕަ ކަޕް
މާޓިނޭޒްގެ ގޯލުން ސުޕަކަޕް އިންޓަމިލާނަށް
 
މިއީ އިޓާލިއަން ކަޕުން ކެޓުމަށްފަހު ލިބުނު ބޮޑު ކާމިޔާބީއެއް: ކެޕްޓަން މާޓިނޭޒް

ނާޕޮލީ 1-0 އިން ބަލިކޮށް އިޓާލިއަން ސުޕަ ކަޕް އިންޓަމިލާން ކާމިޔާބުކޮށްފި އެވެ.

ސައޫދީ އަރަބިއްޔާގެ އަލް އައްވާލް ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗުގައި އިންޓަގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ބެންޖަމިން ޕަވާޑްގެ ޕާހަކުން ކެޕްޓަން ލައުޓާރޯ މާޓިނޭޒެވެ.

މެޗަށް ފަހު އޭނާ ބުނީ މިއީ މި އަހަރުގެ އިޓާލިއަން ކަޕުން އިންޓަ ކަޓާފައިވުމުން، އެކަމުގެ ހިތްދަތިކަމުން އަރައިގަތުމަށް ލިބުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ.

އަހަރުމެން މި އޮތީ އިޓާލިއަން ކަޕުން ކަޓާފައި. މިހެންވެ މިތަށި ލިބުމުން އަހަރެން ވަރަށް އުފާވެއްޖެ. ހުރިހާ ކުޅުންތެރިން ވަރަށް މަސައްކަތް ކުރި މި ތަށި ހޯދަން. ސަބަބަކީ މިއީ މުހިންމު ތައްޓަކަށްވާތީވެ
ލައުޓާރޯ

މެޗަށް ފަހު އިންޓަގެ ކޯޗު ސިމޯން އިންޒާގީ ބުނީ އޭނާގެ ޓީމު މޮޅުވި ނަމަވެސް ނާޕޮލީ އަށް ވެސް މަރުހަބާ ކިޔާ ކަމަށެވެ.

އެމީހުން ވަރަށް މޮޅަށް ކުޅުނު. ފުޓްބޯޅަ މެޗަކުން ކޮންމެވެސް އެއްބަޔަކު މޮޅުވާން ޖެހޭތީވެ، އަހަރުމެންނަށް ކާމިޔާބު ލިބުނީ. އަހަރެން ނާޕޮލީ އަށް މަރުހަބާ ކިޔަން
އިންޒާގީ

އިޓާލިއަން ސުޕަކަޕް ހަތަރު ޓީމުގެ މުބާރާތަކަށް ބަދަލުކޮށް ސައޫދީގައި މި ފަހަރު ކުޅުނީ އެ ގައުމުގައި ސްޕެނިޝް ސުޕަކަޕްގެ ކުޅޭ ފޯމެޓަށެވެ. އަދި މިކަމަށްޓަކައި މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 8.7 މިލިއަން ޑޮލަރު ދޭނެއެވެ. ރަނަރަޕް ޓީމަށް 5.4 މިލިއަން ޑޮލަރު، އަދި ސެމީ ފައިނަލުން ބަލިވާ ދެ ޓީމަށް ވެސް 1.7 މިލިއަން ޑޮލަރު ދޭނެއެވެ. މީގެ އިތުރުން އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނަށް ވެސް ގިނަ އަދަދަކަށް ފައިސާދޭނެ އެވެ.

ސައޫދީ އަރަބިއްޔާއިން ސްޕެނިޝް ސުޕަ ކަޕަށްފަހު އިޓާލިއަން ސުޕަކަޕް އެ ގައުމުގައި ބާއްވަނީ، ސައޫދީން 2034 ވަނަ އަހަރުގެ ވޯލްޑްކަޕަށް ތައްޔާރުވުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް