ކ. މާލެ
|
17 ޖެނުއަރީ 2024 | ބުދަ 13:36
ހެލްތް މިނިސްޓްރީ
ހެލްތް މިނިސްޓްރީ
ގޫގުލް
ހެޕަޓައިޓިސް-ބީ
ރާއްޖެއަކީ ހެޕަޓައިޓިސް-ބީ ކޮންޓްރޯލް ކުރެވިފައިވާ ޤައުމެއްކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅައިފި
 
މާބަނޑު އަންހެނުންވެސް ހެޕަޓައިޓިސް-ބީ އަށް ޓެސްޓު ކުރެވޭ
 
ރާއްޖެއިން ވަނީ 1993 ވަނަ އަހަރުން ފެށިގެން ކުޑަކުދިންނަށް އަމާޒުކޮށް ހެޕަޓައިޓިސް-ބީ ވެކްސިން ދޭން ފަށާފައި

ރާއްޖެއަކީ ހެޕަޓައިޓިސް-ބީ ކޮންޓްރޯލް ކުރެވިފައިވާ ޤައުމެއްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ، ހެޕަޓައިޓިސް-ބީ ގެ ވެކްސިނޭޝަން މަސައްކަތްތައް ހުރި ގޮތާއި، އުމުރުން 6 އަހަރާއި 7 އަހަރާ ދެމެދުގެ ކުދިންގެ މެދުގައި ހެދުނު ސާވޭގެ ނަތީޖާއަށް ބަލައި، ޑަބްލިއުއެޗްއޯގެ އެކްސްޕާޓް ޕެނަލްއިން ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ޤައުމެއްކަމަށް ކަނޑައެޅުމަށް ފެންނަކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ރާއްޖެއިން ވަނީ 1993 ވަނަ އަހަރުން ފެށިގެން ކުޑަކުދިންނަށް އަމާޒުކޮށް ހެޕަޓައިޓިސް-ބީ ވެކްސިން ދޭން ފަށާފައެވެ.

އަދި މާބަނޑު އަންހެނުންވެސް ހެޕަޓައިޓިސް ބީއަށް ޓެސްޓު ކުރެވެއެވެ.

2015 ވަނަ އަހަރުން ފެށިގެން ރާއްޖެއަކީ މެލޭރިއާ، ފައިލޭރިއާ، މީސަލްސް، ރުބެއްލާ، ޖުޒާމު ބަލި ފަދަ ބަލިތައް ނައްތާލާފައިވާ ޤައުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް