ކ. މާލެ
|
16 ޖެނުއަރީ 2024 | އަންގާރަ 22:33
ލޭންޑް ޔޫސް ޕްލޭން ފާސްކުރަން އޮންލައިންކޮށް ހުށަހެޅޭގޮތަށް ވަނީ ހަދާފައި
ލޭންޑް ޔޫސް ޕްލޭން ފާސްކުރަން އޮންލައިންކޮށް ހުށަހެޅޭގޮތަށް ވަނީ ހަދާފައި
ސޯޝަލްމީޑިއާ
ލޭންޑް ޔޫސް ޕްލޭން
ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭގޮތަށް ހަދައިފި
 
ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމަށް "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެ

ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭގޮތަށް ހަދައިފިއެވެ.

ސަރުކާރުގެ ފުރަތަމަ 14 ހަފްތާ މަގުޗާޓުގައިވާ، ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ޓަކައ،ި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި މި މިނިސްޓްރީ ގުޅިގެން "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އަދި ބަދަލުގެނައުމަށް ހުށަހެޅުމަށް ހަމަޖައްސާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

އަދި އަންގާރަ ދުވަހުން ފެށިގެން ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އަދި ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމަށް "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

"ވަންގަވް" މެދުވެރިކޮށް މި ޚިދުމަތަށް އެދި ހުށަހެޅޭނީ one.gov.mv އަށް ޒިޔާރަތް ކުރެއްވުމަށްފަހ،ު އީފާސްއިން ލޮގިން ކުރައްވައިގެންނެވެ. މި ޚިދުމަތް ހޯއްދެވުމުގައި އިތުރު މަޢުލޫމާތެއް ނުވަތަ އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި "ވަންގަވް" ސަޕޯޓް ސެންޓަރ ނަންބަރ 1500 ނުވަތަ މިނިސްޓްރީއަށް ގުޅައިގެން ކުރިއަށް ގެންދެވޭނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް
ހައުސިންގ ކޮމިޓީއަށް ލަފާދޭން ނެގި ކޮމިޓީ: ކައުންސިލް މިނިސްޓްރީން ކައުންސިލުތަކުގެ ބާރު ކަނޑުވާލުމުގެ އިތުރު ބޮޅެއް
ފްލެޓް ލިސްޓް ބަލާ ހައުސިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
ގޯތީގެ ރަޖިސްޓްރީތަކާ ހަވާލުވުމަށް ފަހު ފުރުސަތު ދީފި
ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ