ކ. މާލެ
|
25 ޑިސެންބަރ 2023 | ހޯމަ 22:11
ސިނަމާލެ ބުރިޖުގައި މަސައްކަތެއް ކުރިއަށްދަނީ
ސިނަމާލެ ބުރިޖުގައި މަސައްކަތެއް ކުރިއަށްދަނީ
ޓްވިޓަރ
ސިނަމާލެ ބުރިޖު ބަންދުވުން
މަސައްކަތެއް ކުރުމަށްޓަކައި ބުރިޖުގެ އެއް ލޭނު މިރޭ ބަންދުކުރަނީ
 
މަސައްކަތެއް ކުރުމަށްޓަކައި ބުރިޖުގެ މާލެއިން ހުޅުމާލެއަށް ދުއްވާ ލޭނު، ހޯމަ ދުވަހުގެ ރޭ 1:00ން ފެށިގެން ދެ ގަޑިއިރަށް ބަންދުވާނެ

ސިނަމާލެ ބުރިޖުގައި މަސައްކަތެއް ކުރުމަށްޓަކައި ބުރިޖުގެ އެއް ލޭން ބަންދުކުރުމަށް ނިންމާފައިވާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން މީސްމީޑީޔާގައި އާންމުކުރި މެސެޖެއްގައި ބުނީ، ބުރިޖުގައި މަސައްކަތެއް ކުރުމަށްޓަކައި ބުރިޖުގެ މާލެއިން ހުޅުމާލެއަށް ދުއްވާ ލޭނު، ހޯމަ ދުވަހުގެ ރޭ 1:00ން ފެށިގެން ދެ ގަޑިއިރަށް ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ.

އަދި އެވަގުތު، ބުރިޖުގެ ހުޅުމާލެއިން މާލެއަށް އަންނަ ފަޅިއަކީ ދެކޮޅަށް ދުއްވާގޮތަށް ބަދަލުކުރެވޭނެ ތަނަކަށްވެސް ހެދޭނެކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން އެ ވަގުތު ބްރިޖުން ދަތުރުކުރާއިރު، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަކަށް އަމަލުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް