ކ. މާލެ
|
24 ޑިސެންބަރ 2023 | އާދީއްތަ 18:54
އެމްޓީސީސީގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރެއްވި މުހައްމަދު އަފީފް ހުސެއިން
އެމްޓީސީސީގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރެއްވި މުހައްމަދު އަފީފް ހުސެއިން
ސޯޝަލްމީޑިއާ
އެމްޓީސީސީގެ ޗެއާމަންއަކަށް އަފީފް
އެމްޓީސީސީގެ ޗެއާމަންގެ މަގާމަށް މުހައްމަދު އަފީފް ހުސެއިން އައްޔަނުކުރައްވައިފި
 
އަފީފް ވަނީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައި
 
ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ އިސް މަގާމުތައް އަފީފް ފުރުއްވާފައިވޭ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޗެއާމަންގެ މަގާމަށް މުހައްމަދު އަފީފް ހުސެއިން އައްޔަނުކުރައްވައިފި އެވެ.

އާދިއްތަ ދުވަހު އަފީފް މިމަގާމަށް އައްޔަންކުރެއްވުމާއި ގުޅިގެން އެމްޓީސީސީގެ ބޯޑުން ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި އަފީފުގެ ލީޑަރޝިޕާއި ތަސައްވުރުގެ ދަށުން ކުންފުންޏަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލްކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް އެމްޓީސީސީންގެ ޓީމުން ބުނެފައިވެއެވެ.

ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ އިސް މަގާމުތައް އަފީފް ފުރުއްވާފައިވެއެވެ.

އެގޮތުން އަފީފް ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ކަމުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ. އަދި ހައުސިން އަދި ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ވެސް ހުންނެވިއެވެ.

އަފީފް ވަނީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް