ކ. މާލެ
|
13 އޮކްޓޯބަރ 2023 | ހުކުރު 08:49
އެޗްއާރްސީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އެޗްއާރްސީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އެޗްއާރްސީއެމް
އެޗްއާރްސީއެމްގެ ދެ އެވޯޑް
އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް އަދި ދަރިވަރުގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
 
މައިގަނޑު މަގުސަދަކީ އިންސާނީ ހައްގުތަކަށް ސްކޫލްތަކުގެ ދަރިވަރުން އަހުލުވެރިކުރުވުން
 
މިއީ ހިއުމަން ރައިޓްސް ކްލަބްތަކުންނާއި އެ ކްލަބްތަކުގެ ދަރިވަރުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުންދޭ އެވޯޑެއް
 
31 އޮކްޓޫބަރު 2023 ނިޔަލަށް އެވޯޑަށް ކުރިމަތިލެވޭނެ

"އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް 2022-2023" އެވޯޑް އަދި ''އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް ދަރިވަރު 2022-2023" އެވޯޑްއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

އެޗްއާރްސީއެމުން ބުނީ އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް 2022-2023" އެވޯޑް އަދި "އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް ދަރިވަރު 2022-2023" އެވޯޑްއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށާއި، 31 އޮކްޓޫބަރު 2023 ނިޔަލަށް އެވޯޑަށް ކުރިމަތިލެވޭނެ ކަމަށެވެ.

މިދެ އެވޯޑަށް ކުރިމަތިލުމަށް ފުރަތަމަ އިއުލާންކޮށްފައިވަނީ 5 ސެޕްޓެންބަރު 2023 އިން 5 އޮކްޓޫބަރު 2023 ގެ ނިޔަލަށެވެ.

އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް 2022-2023 އެވޯޑް އަދި އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް ދަރިވަރު 2022-2023 އެވޯޑްއަކީ ހިއުމަން ރައިޓްސް ކްލަބްތަކުންނާއި އެ ކްލަބްތަކުގެ ދަރިވަރުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެޗްއާރްސީއެމުން ދޭ 2 އެވޯޑެއް ކަމަށް އެފަރާތުން ބުނެފައި ވެއެވެ. މި ދެ އެވޯޑް ދެވޭނީ ކޮންމެ ދިރާސީ އަހަރެއްގައި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހާސިލުކޮށްފައިވާ އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބަކަށާއި ހިއުމަން ރައިޓްސް ކްލަބްގެ ދަރިވަރަކަށް ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

އެޗްއާރްސީއެމުން ބުނީ މި ދެ އެވޯޑް ދިނުމުގެ މައިގަނޑު މަގުސަދަކީ އިންސާނީ ހައްގުތަކަށް ސްކޫލްތަކުގެ ދަރިވަރުން އަހުލުވެރިކުރުވައި، މުސްތަގުބަލްގައި ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ގޮތުގައި މަސައްކަތްކުރާނެ ދަރިވަރުންތަކެއް އުފެއްދުން ކަމަށެވެ.

މި އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް، އެވޯޑަށް ހޮވުމުގައި ބަލާނެ މިންގަނޑު، އަދި އިތުރު މައުލޫމާތު އެޗްއާރްސީއެމްގެ ވެބްސައިޓުން ލިބޭނެއެވެ. އެޕްލިކޭޝަން ހުށަހެޅުމަށް [email protected] އަށް ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ އިތުރު ލިޔުންތައް އީމެއިލް ކުރުމަށް އެކޮމިޝަނުން އެދިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިޔާސީ މަސްރަޙު ހަލަބޮލިނުވާނޭހެން އަމަލުތައް ބެހެއްޓުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
މަޖިލިސް އިންތިހާބުގައި ޔަގީންކަމާއެކު ވޯޓުލާނެކަމަށް ބުނެފައިވަނީ 68 އިންސައްތަ މީހުން - ދިރާސާ
އެޗްއާރްސީއެމްގެ މެންބަރުންތަކެއްގެ އީމެއިލް ޑީއެކްޓިވޭޓްކުރި މައްސަލައިގައި މުވައްޒަފު ސަސްޕެންޑް ކުރީ ރަނގަޅަކަށް ނޫން
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
ހިއުމަން ރައިޓްސް ކޮމިޝަން ގާއިމު ކުރިތާ 20 އަހަރު ފާހަގަކުރުމަށް ފޮޓޯ މައުރަޒެއް
އިންސާފުވެރިކަމާއެކު، މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާނޫނީ އޮނިގަނޑުގައި ހިމަނަން އެޗްއާރްސީއެމްއިން ލަފާދީފި