ކ. މާލެ
|
10 އޮކްޓޯބަރ 2023 | އަންގާރަ 10:26
ޕީޖީ އާއެކ 12 މިނެޓް ޕްރޮގްރާމް
ޕީޖީ އާއެކ 12 މިނެޓް ޕްރޮގްރާމް
ޕީޖީ އޮފީސް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަމިއްލަ ބްރޯޑްކާސްޓިންގ ޕްލެޓްފޯމެއް ހަދައިފި
 
ޕީއެސްއެމްއާއެކު 13 ޕްރޮގްރާމެއް ހެދުމުގެ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރަނީ

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަމިއްލަ ބްރޯޑްކާސްޓިންގް ޕްލެޓްފޯމެއް ތަޢާރަފުކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މިވަގުތު، ޕީއެސްއެމްއާއެކު 13 ޕްރޮގްރާމެއް ހެދުމުގެ އެއްބަސްވުމެއްގެ ދަށުން، ހަދަމުން ގެންދާ ޕްރޮގްރާމްތައް އެ އޮފީހުގެ ވެބްސައިޓުގައިވާ ލިންކުން އަޑުއައްސާލެއްވޭނެ ކަމަށެވެ.  

ނަމަވެސް، މި ޕްލެޓްފޯމާއެކު، އަމިއްލަ ޕްރައިވެޓް މީހަކަށް، ކުންފުންޏަކަށް، ބްރޯޑްކާސްޓަރަކަށް ބަރޯސާ ނުވެ، ޕީޖީ އޮފީހުން ޢާންމުންނަށް ފޯރުކޮށްދޭން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޤާބިލްކަން ލިބިގެންދެއެވެ. މުހިންމު މައްސަލަ ތަކާބެހޭ ގޮތުން، ނުވަތަ ޤާނޫނީ ބަހުސްތަކާބެހޭ ގޮތުން ޕީޖީ އޮފީހުން ޢާންމުންނަށް ފޯރުކޮށްދޭން ބޭނުންވާ މަޢުލޫމާތު، މި ޕްލެޓްފޯމުން، މިނިވަންކަމާއެކު ފޮނުވަމުން ގެންދާނެއެވެ.

މި ޕްލެޓްފޯމްގެ ހުރިހައި ކަމެއް، ޚިޔާލުން ފެށިގެން ގޮސް، ތަންފީޒުކޮށް، ވެބްސައިޓް ހަދައި، ކޮންޓެންޓު އަޅައި، ފޮޓޯ ޑިޒައިންކުރީ ހުސް ދިވެހިންނެވެ. އެންމެ ބިދޭސީއަކުވެސް މިމަސައްކަތުގައި ޝާމިލުނުވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް