ކ. މާލެ
|
8 އޮކްޓޯބަރ 2023 | އާދީއްތަ 16:14
ޑޯޓްމަންޑުން ކުޅުނު މެޗުގެ ތެރެއިން
ޑޯޓްމަންޑުން ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާރސް
ޖަރުމަނު ލީގު
ޔޫނިއަން ބާލިން ބަލިކޮށް، ޑޯޓްމަންޑު ދެވަނައަށް
 
ޑޯޓްމަންޑު ދެވަނާގައި އޮތީ ކުޅުނު ހަތް މެޗުން، 17 ޕޮއިންޓާއެކު

ޖަރުމަނު ލީގުގައި ޔޫނިއަން ބާލިންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބޮރޫޝިއާ ޑޯޓްމަންޑުން ލީގު ތާވަލްގެ ދެވަނައަށް ޖެހިލައިފިއެވެ.

ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 4-2ންނެވެ. މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި ޑޯޓްމަންޑަށް ލީޑު ނަގައިދިނީ ނިކްލަސް ފުލްކާގްއެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން ރޮބިން ގޮސެންސް ވަނީ ޔޫނިއަން ބާލިންއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެ ފަހުން 18 ވަނަ މިނެޓުގައި އެލެކްސް ކްރަލް ބާލިންގެ ދެވަނަ ލަނޑު ޖެހިނަމަވެސް، ވީއޭއާރުން ނިންމީ އެ ލަނޑު ބަލައިނުގަތުމަށެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ލިއޮނާޑޯ ބޮނޫޗީ ވަނީ ބާލިންއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ދެވަނަ ހާފަށް ނިކުމެ ޑޯޓްމަންޑުން ވަނީ ގާތް ގާތުގައި ދެ ލަނޑު ޖަހާފައެވެ. ދެ ވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ނިކޯ ސްލޮޓާބެކްއެވެ. އޭގެ ފަސް މިނެޓު ފަހުން އެ ޓީމަށް ލީޑު ނަަގައިދިނީ ހޫލިއަން ބްރާންޓްއެވެ. ޑޯޓްމަންޑުގެ ހަތަރުވަނަ ލަނޑު 71 ވަނަ މިނެޓުގައި ޖެހީ ހޫލިއަން ރަޔާސަންއެވެ.

މޮޅާއެެކު ޑޯޓްމަންޑު ދެވަނާގައި އޮތީ ކުޅުނު ހަތް މެޗުން، 17 ޕޮއިންޓާއެކުއެވެ. އެއްވަނާގައި އޮތީ 18 ޕޮއިންޓާއެކު ސްޓަޓްގާޓްއެވެ. ތިންވަނާގައި އޮތީ ހަ މެޗުން 167 ޕޮއިންޓާއެކު ބަޔާ ލެވަކޫސަންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް