ކ. މާލެ
|
5 އޮކްޓޯބަރ 2023 | ބުރާސްފަތި 14:19
ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ވެރިކަން ބަދަލުކުރުމުގެ މަރުހަލާ
ޓްރާންސިޝަން ކޮމިޓީގެ އިސްބޭފުޅަކަށް އަބްދުއްރަހީމް
 
ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް ޢަބްދުއްރަހީމް އަބްދުﷲ ވަނީ ހަމަޖައްސަވާފައި
 
އަބްދުއްރަހީމާއި މަޤާމުގެ މަސްއޫލިއްޔަތު ހަވާލު ކުރީ ސިވިލްސާވިސް ކޮމިޝަންގައި ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި
 
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފަރާތްޕުޅުންވެސް ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާ އަށް ކޮމިޓީއެއް އެކުލަވާލާފައި

ވެރިކަން ބަދަލުކުރުމުގެ މަރުހަލާ އާއި ކަންކަން ކުރަން ގާނޫނީ ގޮތުން އުފައްދަންޖެހޭ ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކީ ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކަނޑައަޅައިފިއެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް ޢަބްދުއްރަހީމް އަބްދުﷲ ވަނީ ހަމަޖައްސަވާފައެވެ. އަބްދުއްރަހީމާއި މަޤާމުގެ މަސްއޫލިއްޔަތު ހަވާލު ކުރީ ސިވިލްސާވިސް ކޮމިޝަންގައި ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައި ބުނަނީ ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވަން ވާނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތުގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ކަމަށެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަސައްކަތް ކުރުމަށް ޤާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި އިންތިޚާބީ ރައީސްގެ އޮފީހެއް ހަމަޖެއްސުން ހިމެނެއެވެ. އަދި އެ ތަނަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުންނާއި އެމީހުންގެ މުސާރަ އާއި އިނާޔަތްތައް ހިމެނެއެވެ. އެ މަރުހަލާ އަށް އެންމެ ގިނަ ވެގެން ޚަރަދު ކުރެވޭނީ އެއް މިލިއަން ރުފިޔާކަން ފާހަގަކޮށްލެވެއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ފަރާތްޕުޅުންވެސް ވަނީ ކޮމިޓީއެއް އުފައްދަވާފައެވެ. އެކޮމިޓީގެ އެންމެ އިސް ބޭފުޅަކީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރުއެވެ. މީގެ އިތުރުން ވެރިކަން ބަދަލުވުމުގެ ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިޔާސީ ގޮތުން އެންމެ ފަހުރުވެރިވެވަޑައިގަންނަވާ ބޭފުޅަކީ އަދުރޭ ކަމަށް ރައީސް ވިދާޅުވުމާއެކު އަދުރޭގެ ބަސްމޮށުންތެރިކަން ސޯޝަލް މީޑިއާއަށް ދޫކޮށްލައިފި
އަދުރޭއެވެ. ވެއްޓުނު ފަތުގެ މަތިން މިއަދު ހަނދުމަފުޅު ނެތް ނަމަވެސް ރައްޔިތުން ވޯޓު ދިނީ ޔާމީނުގެ ފިކުރަށެވެ. ވަކި "މުއިއްޒު ވީމައެއް" ނޫނެވެ!
މަޖިލިސް ކޮމެޓީ: ފްލެޓްތަކުގެ މައްސަލައިގައި އަދުރޭ ބައެއް މީހުންނަށް ގުޅައި ފްލެޓް ޔަގީންކޮށްދިން ކަމަށް ބުނެފި
ވަކި މީހަކު ބޭނުންވާ ކެންޑިޑޭޓަކު ހޮވުމަށް އިސްދޫ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ބޮޑު އޮޅުވާލުންގަނޑެއް ހިންގިކަމުގެ ތުހުމަތު!
އަދުރޭއެވެ! ތިޔަ ދައްކަވަނީ ނިފާގުކަމުގެ ސިފަނޫން ދެން ކޮން ސިފައެއްތޯއެވެ؟
ސަރުކާރު ކެންޑިޑޭޓަށް ގޮނޑި ހޯދައިދޭން، ވޯޓާސް ލިސްޓުން އުނިކުރީ އިދިކޮޅު މެންބަރަށް ތާއީދު ކުރާ 300 އަށް ވުރެ ގިނަ މެންބަރުން!
ކޮންގްރެސް ކޯލިޝަނުން މަޖިލީހަށް ވާދަނުކުރާނެ ދާއިރާތަކުގެ ތެރޭގައި، ނަހުލާ ވާދަކުރައްވާ ދާއިރާއެއް ނުހިމެނޭ
އަދުރޭ އަގު ބޮޑު ފްލެޓްތައް ގަތް މައްސަލަ: ތިން އަހަރުވީއިރު އޭސީސީން އިތުރު އަޕްޑޭޓެއް ނެތް