ކ. މާލެ
|
2 އޮކްޓޯބަރ 2023 | ހޯމަ 09:09
އާދިއްތަ ދުވަހުގެ ރޭ އެޗްއާރްސީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އާދިއްތަ ދުވަހުގެ ރޭ އެޗްއާރްސީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެޗްއާރްސީއެމް
ބާތިލް ވޯޓު ގިނަވުމުގެ މައްސަލަ
ބާތިލް ވޯޓު ވަރަށް ގިނަ، ސަބަބުތައް ދެނެގަނެ މި މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަންޖެހޭ: އެޗްއާރްސީއެމް
 
އާއްމު ރައްޔިތުން ހޭލުންތެރިކުރުވަންޖެހޭ
 
ދައުލަތުގެ ހިންގުން ނިޒާމީ ގޮތެއްގައި ބައްޓަން ކުރެވިފައިވާ ގޮތުން ވެސް ބާލިތް ވޯޓު އިތުރުވެދާނެ
 
ވޯޓާ ވަރަށް ކައިރިވެފައިވަނިކޮށް ސައްހަ ވޯޓާއި ބާތިލް ވޯޓު ގުނުމުގައި ބަދަލުތަކެއް ގެނައުމަކީ ބާތިލްވޯޓު އިތުރުވެދާނެ ކަމެއް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ބާތިލް ވޯޓު ވަރަށް ގިނަ ކަމަށާއި، ސަބަބުތައް ދެނެގަނެ މިމައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއާރްސީއެމްގެ މެންބަރު އާމިނަތު ޝިފާއަތު އަބްދުއްރައްޒާގް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓުލީ މީހުންގެ ތެރެއިން ތިން އިންސައްތަ މީހުންގެ ވޯޓަކީ ބާތިލް ވޯޓު ކަމަށާއި، ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ތެރެއިން ވެސް ދެ އިންސައްތަ މީހުންގެ ވޯޓު ގުނިގެން ދިޔައީ ބާތިލް ވޯޓުގެ ގޮތުގައި ކަމަށެވެ. މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި، މިކަމުގައި ގިނަ ސަބަބުތަކެއްވާނެ ކަމަށާއި، އެސަބަބުތައް ދެނެގަންނަންޖެހޭ ކަމަށް ޝިފާއަތު ވިދާޅުވިއެވެ.

ޝިފާއަތު ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް ގިނަ އަދަދެއްގެ ވޯޓު ބާތިލްވުމާއި ގުޅިގެން އެމައްސަލަ ސަމާލުކަމަށް ގެނެސް، އާއްމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް ދެވަނަ ބުރުގައި ވެސް ބާތިލް ވޯޓު ގިނަވުމުން އިތުރަށް މަސައްކަތް ކުރަންޖެހޭ ފާހަގަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަބަބުތަކަށް އިޝާރާތް ކުރައްވައި ޝިފާއަތު ވިދާޅުވީ ވޯޓާ ވަރަށް ކައިރިވެފައިވަނިކޮށް ސައްހަ ވޯޓާއި ބާތިލް ވޯޓު ގުނުމުގައި ބަދަލުތަކެއް ގެނައުމާއި، ދައުލަތުގެ ހިންގުން ނިޒާމީ ގޮތެއްގައި ބައްޓަން ކުރެވިފައިވާ ގޮތާއި, އެ ނިޒާމުގެ ތެރެއިން ލިބިދޭ ޚިދުމަތްތަތަކާއި, ރައްކާތެރިކަމާއި, ހައްލުތަކަކީ އެންމެ އެކަށީގެންވާގޮތަށް އަދި އެންމެ ޒިންމާކުރުވަނިވި ގޮތެއްގައި ހިނގަމުންދާ ކަންކަންކަމުގައި ގަބޫލު ނުކުރެވުން ނުވަތަ އެކަމަށް އިތުބާރު ނުކުރެވުން ހިމެނޭ ކަމަށެވެ.

ފުރަތަމަ ބުރަށް ބަލާކަމަށްވަންޏާ 4835 ބާތިލް ވޯޓު. ދެވަނަ ބުރަށް ބަލާކަމަށްވަންޏާ 7888 ބާތިލް ވޯޓު އެބައޮތް. މީގެ ސަބަބުތަކަށް ޖެހިލާއިރުގައިވުން އެކަށީގެންވާ ކަންތައްތަކެއް އެބަހުރި. އޭގެން އެއްކަމަކީ ވޯޓާ ވަރަށް ކައިރިކޮށް ސައްހަ ވޯޓާއި ބާތިލް ވޯޓު ގުނުމުގައި ބަދަލުތަކެއް ގެނައުން އެއީ އެކަށީގެންވާ ކަމެއް. އެހެންވީމަ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވަރަށް ގާތްވެފައި ވަނިކޮށް އެކި ކަހަލަ ޝަކުވާތަކާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ވޯޓުގެ ސައްހަކަމާއި، ސިއްރުކަން ކަށަވަރު ކުރުމަށް ވަރަށް ބައިވަރު ފިޔަވަޅުތަކެއް އަޅަންޖެހުނު. އޭގެ ތެރެއިން އެއްގޮތަކީ ބާތިލް ވޯޓުގެގޮތުގައި ވަކި ކަހަލަ ފާހަގަ ޖަހާފިއްޔާ ބާތިލްގެ ގޮތުގައި ކަނޑައެޅުން. އެހެންވީމަ އެކަށީގެންވާ ކަމެއް އެއީ ވަގުތު ކުޑަތަންވެފައި އޮއްވާ މިކަހަލަ ބަދަލުތަކެއް ގެނައުމުން އާއްމު ރައްޔިތުން އެއްކަމަކަށް އާއްމު ރައްޔިތުން މިއާ މެދު ހޭލުންތެރިކަން ކުޑަވުން އެކަށީގެންވޭ. އެއީ މިސާލަކަށް ތުރުތުރު އަޅާފައި ފަވާލާފައި ފާހަގައެއް ނުވަތަ ދެ ފާހަގައެއް އެމީހާ ލާ ފާހަގައިގެ އިތުރުން ދެވަނަ ފާހަގައެއް އޭގެ މަތިން ލާފިއްޔާ އެއީ ދެ ފާހަގައެއް ގޮތުގައި ކަނޑައެޅި އެއީ ބަތިލް ވޯޓެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށް އަހުލުވެރިވެފައި ނެތުމުން ސައްހަ ވޯޓުލުމުގެ އިންޓެންޝަންގައިވެސް ބާތިލް ވޯޓެއް ލުމުގެ ފުރުސަތު އެބައޮތް. އެއީ ވެސް އެއްސަބަބު ކަމަށް ވެދާނެ.
މެންބަރު އާމިނަތު ޝިފާއަތު އަބްދުއްރައްޒާގް

ޝިފާއަތު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ވަރަށް ކައިރީގައި އިންތިޚާބުތަކެއް ރާއްޖޭގައި ބޭއްވިގެންދާނެ ކަމަށެވެ. އެހެންކަމުން އެ އިންތިޚާބުގައި މި މައްސަލަތައް ދިމާނުވާފަދަ ގޮތަކަށް އާއްމު ރައްޔިތުން ހޭލުންތެރިކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުގެ އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި، މަދަނީ ޖަމިއްޔާޖަމާއަތްތަކުންނާއި، ސިޔާސީ ޕާޓީތަކުން އަދި މިނިވަން މުއައްސަސާތަކުން މި މައްސަލައަށް ހައްލު ހޯދުމުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
50%
0%
0%
50%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިޔާސީ މަސްރަޙު ހަލަބޮލިނުވާނޭހެން އަމަލުތައް ބެހެއްޓުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
މަޖިލިސް އިންތިހާބުގައި ޔަގީންކަމާއެކު ވޯޓުލާނެކަމަށް ބުނެފައިވަނީ 68 އިންސައްތަ މީހުން - ދިރާސާ
އެޗްއާރްސީއެމްގެ މެންބަރުންތަކެއްގެ އީމެއިލް ޑީއެކްޓިވޭޓްކުރި މައްސަލައިގައި މުވައްޒަފު ސަސްޕެންޑް ކުރީ ރަނގަޅަކަށް ނޫން
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
މާލީ ބަޔާނާ ގުޅިގެން ޒަމީލް ޖޫރިމަނާކުރި ކުރުން ފަސް ކުރުމުގެ އަމުރެއް ނެެރެނުދިން
ރިޔާސީ އިންތިޚާބު 2023ގައި އެންމެ ބޮޑު ޚަރަދެއް ކުރެއްވީ ޖޭޕީގެ ކެންޑިޑޭޓް ގާސިމް