ކ. މާލެ
|
1 އޮކްޓޯބަރ 2023 | އާދީއްތަ 23:39
އެޗްއާރުސީއެމް
އެޗްއާރުސީއެމް
ރާއްޖެ އެމްވީ
އެޗްއާރްސީއެމް ޕްރެސް ކޮންފަރެންސް
މާލެ ސަރަހައްދުގެ 106 ފޮށްޓެއްގައި އެޗްއާރްސީއެމް ގެ ބޭފުޅުން ހަރަކާތްތެރިވެފައިވޭ
 
ބާޠިލް ވޯޓުގެ އިންސައްތަވެސް އިތުރުވެފައިވޭ
 
ދެވަނަ ބުރުގައި ވޯޓުލީ މީހުންގެ އިންސައްތަ ފުރަތަމަ ބުރާއި އަޅައިބަލާއިރު އިތުރުވެފައިވޭ
 
އެޗްއާރްސީއެމް އިން 181 މަރުކަޒެއް އޮބްޒާވްކޮށްފައިވޭ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން އާދިއްތަ ދުވަހުގެ ރޭ ޕްރެސް ކޮންފަރެންސް އެއް ބާއްވާފައެވެ.

މި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަނުން ވަނީ އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ބައެއް ކަންކަން ހިއްސާ ކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އީސީގެ އޮފިޝަލުން ގިނަ ވުމުގެ ސަބަބުން އިދާރީ އިންތިޒާމުތަކުގެ އިތުރުން މަސައްކަތްތަކުގައި ރަނގަޅު ބަދަލެއް ފެނިގެންދިއުމާއި ފަސޭހަ ކަމާއިއެކު ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްފައިވެއެވެ.

އެޗްއާރްސީއެމް ގެ އޮބްޒާވަރުން އޮބްޒާވް ކުރަމުންދިޔަ ވަގުުތު 8 މަރުކަޒެއްގައި 10 މައްސަލައެއް ހުށަހެޅިފައިވެއެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ވޯޓުލާން ގެންނަ ގަލަމާއި ގުޅޭ މައްސަލައާއި، ވޯޓު ކަރުދާސް މީހުންނަށް ދެއްކި މައްސަލައާއި، އޮބްޒާވަރުންނާއި މޮނީޓަރުންގެ ސުލޫކީ މައްސަލަތައް ހިމެނެއެވެ. އަދި ވޯޓު ކަރުދާހުގެ ދެއްޔާއި ގުޅޭ މައްސަލަ ފެންމަތިވެފައިވާއިރު ގިނަ މައްސަލަތައް ވެރިޔާ ވަނީ ހައްލުކޮށްދެއްވާފައެވެ. އަދި ބައެއް މައްސަލަތައް ވަނީ އީސީ އަށް ހުށަހެޅިފައިވާކަަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ. ނަމަވެސް ގިނަ މަރުކަޒުތަކުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.

އެޗްއާރްސީއެމް އިން އިތުރަށް ބުނީ، ދެވަނަ ބުރުގައި ވޯޓުލީ މީހުންގެ އިންސައްތަ ފުރަތަމަ ބުރާއި އަޅާ ބަލާފައި އިތުރުވެފައިވާކަމަށެވެ. އަދި ބާޠިލް ވޯޓުގެ އިންސައްތަވެސް އިތުރުވެފައިވާކަމަށް އެ ކޮމިޝަނުންވަނީ ފާހަގަކޮށްފައެވެ.

ރިޔާސީ އިންތިޚާބުގެ ކަންކަން ބެލުމަށްޓަކައި މާލެ ސަރަހައްދުގެ 106 ފޮށްޓެއްގައި އެޗްއާރްސީއެމް ގެ ބޭފުޅުން ހަރަކާތްތެރިވެފައިވެއެވެ. އެގޮތުން، 18 އަތޮޅެއްގެ 31 ރަށެއްގައި ފުލްޓައިމްކޮށް 16 ފޮށްޓެއް ބަލާފައިވެއެވެ. އަދި އެކި ވަގުތުތަކުގައި 54 ފޮށްޓެއް ބަލާ ޖުމްލަ 70 ފޮށި ބަލާފައިވެއެވެ. އަދި 2 ޖަލެއްގެ އިތުރުން 2 ރިސޯޓެއްގައި ޖުމްލަ 5 ފޮށި ބަލާފައިވެއެވެ.

އެޗްއާރްސީއެމް އިން އިތުރަށް ބުނީ، އެ ކޮމިޝަނުން 181 މަރުކަޒެއް އޮބްޒާވްކޮށްފައިވާކަމަށެވެ. އެގޮތުން، 83 މުވައްޒަފުންނާއި، 12 ލޯންގް ޓާމް އޮބްޒާވަރުންނާއި، ހިއުމަން ރައިޓްސް ޑިފެންޑާރސްގެ 6 ބޭފުޅުން ހަރަކާތްތެރިވެފައިވާކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މި ހިނގާ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާއި ގުޅިގެން އެ ކޮމިޝަނުން ތައްޔާރުކުރާ ރިޕޯޓު އާންމުކުރާނެކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
50%
0%
50%
0%
ކޮމެންޓް
ގުޅުންހުރި
ސިޔާސީ މަސްރަޙު ހަލަބޮލިނުވާނޭހެން އަމަލުތައް ބެހެއްޓުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
މަޖިލިސް އިންތިހާބުގައި ޔަގީންކަމާއެކު ވޯޓުލާނެކަމަށް ބުނެފައިވަނީ 68 އިންސައްތަ މީހުން - ދިރާސާ
އެޗްއާރްސީއެމްގެ މެންބަރުންތަކެއްގެ އީމެއިލް ޑީއެކްޓިވޭޓްކުރި މައްސަލައިގައި މުވައްޒަފު ސަސްޕެންޑް ކުރީ ރަނގަޅަކަށް ނޫން
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
ހިއުމަން ރައިޓްސް ކޮމިޝަން ގާއިމު ކުރިތާ 20 އަހަރު ފާހަގަކުރުމަށް ފޮޓޯ މައުރަޒެއް
އިންސާފުވެރިކަމާއެކު، މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާނޫނީ އޮނިގަނޑުގައި ހިމަނަން އެޗްއާރްސީއެމްއިން ލަފާދީފި