ކ. މާލެ
|
30 ސެޕްޓެންބަރ 2023 | ހޮނިހިރު 20:32
އެޗްއާރުސީއެމް
އެޗްއާރުސީއެމް
ރާއްޖެ އެމްވީ
ޑިމޮކްރެސީގެ އުސޫލުތައް
ޑިމޮކްރެސީގެ އުސޫލުތަކަށް ތަބާވެ ސުލްހަމަސަލަސްކަން ނެގެހެއްޓުމަށް އެޗްއާރްސީއެމުން އިލްތިމާސްކޮށްފި
 
އަބުރަށް އަރައިގަތުމާއި، ނަފްރަތުގެ އަމަލުތައް އިސްކުރުމަކީ ކަންބޮޑުވާ ކަމެއް
 
އައްޑޫ މަރަދޫ ދާއިރާގެ މެންބަރު ޝަރީފާއި، ފޭދޫ ދާއިރާގެ މެންބަރު ނިހާދަށް ހަމަލާދީފައިވޭ

ޑިމޮކްރެސީގެ ރީތި އުސޫލުތަކަށް ތަބާވެ ސުލްހަމަސަލަސްކަން ނެގެހެއްޓުމަށް އިސްކަން ދިނުމަށް އެޗްއާރްސީއެމުން އިލްތިމާސްކޮށްފިއެވެ.

އެޗްއާރްސީއެމުން ބުނީ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނިމި، ވޯޓު ގުނުމުގެ މަސައްކަތް ފަށާފައިވާއިރު، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނާއި، އޮބްޒަރވަރުންނާއި، ސިޔާސީ ޕާޓީތަކާ، އަދި ކެންޑިޑޭޓުންނަށް ތާއީދުކުރާ އެންމެހާ ރައްޔިތުންވެސް ޑިމޮކްރެސީގެ ރީތި އުސޫލުތައް ދަމަހައްޓަން ޖެހޭ ކަމަށެވެ. އަދި ސުލްހަމަސަލަސްކަން ނެގެހެއްޓުމަށް އިސްކަން ދިނުމަށް އެޗްއާރްސީއެމުން އިލްތިމާސްކޮށްފައިވެއެވެ.

ޑިމޮކްރެސީގެ ރީތި އުސޫލުތަކަށް ތަބާވެ ސުލްހަމަސަލަސްކަން ނެގެހެއްޓުމަށް އިސްކަން ދިނުމަށް އެޗްއާރްސީއެމުން އިލްތިމާސްކޮށްފައިވާއިރު، ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދީ ވަނީ ޒަހަމްކޮށްލާފައެވެ. މި ދެ ހާދިސާ ހިނގި ތަނުގައި ތިބި އާންމު ރައްޔިތުންނަށްވެސް އެކިވަރުގެ ހަމަލާ ދީފައިވާކަން ފާހަގަކޮށް އެޗްއާރްސީއެމުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ސިޔާސީ ދެބަސްވުންތަކުގައްޔާއި ފިކުރު ތަފާތުވާ ހާލަތްތަކުގައިވެސްް އެކަކު އަނެކަކަށް ޖިސްމާނީ އަނިޔާ ދިނުމާއި، އަބުރަށް އަރައިގަތުމާއި، ނަފްރަތުގެ އަމަލުތައް އިސްކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިޔާސީ މަސްރަޙު ހަލަބޮލިނުވާނޭހެން އަމަލުތައް ބެހެއްޓުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
މަޖިލިސް އިންތިހާބުގައި ޔަގީންކަމާއެކު ވޯޓުލާނެކަމަށް ބުނެފައިވަނީ 68 އިންސައްތަ މީހުން - ދިރާސާ
އެޗްއާރްސީއެމްގެ މެންބަރުންތަކެއްގެ އީމެއިލް ޑީއެކްޓިވޭޓްކުރި މައްސަލައިގައި މުވައްޒަފު ސަސްޕެންޑް ކުރީ ރަނގަޅަކަށް ނޫން
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
ހިއުމަން ރައިޓްސް ކޮމިޝަން ގާއިމު ކުރިތާ 20 އަހަރު ފާހަގަކުރުމަށް ފޮޓޯ މައުރަޒެއް
އިންސާފުވެރިކަމާއެކު، މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާނޫނީ އޮނިގަނޑުގައި ހިމަނަން އެޗްއާރްސީއެމްއިން ލަފާދީފި