ކ. މާލެ
|
9 ޖޫން 2023 | ހުކުރު 07:17
ސްޓީވެން ޖެރާޑް
ސްޓީވެން ޖެރާޑް
ގެޓީ އިމޭޖަސް
ލެސްޓާ ސިޓީ
ލެސްޓާގެ ކޯޗަކަށް ޖެރާޑް ގެންނަން މަސައްކަތް ކުރަނީ
 
ޖެރާޑް ވަނީ އޮކްޓޯބަރު މަހު އެސްޓަން ވިލާގެ ކޯޗުކަމުން ވަކިކޮށްފައި

މި ސީޒަނުގައި ރެލިގޭޓުވެފައިވާ ލެސްޓާ ސިޓީގެ ކޯޗަކަށް ލިވަޕޫލްގެ ލެޖެންޑު ސްޓީވެން ޖެރާޑް ހަމަަޖައްސަން މަސައްކަތް ކުރާކަމަށް ބޭރުގެ ރިޕޯޓުތަކުން ބުނެފިއެވެ.

ލިވަޕޫލް އަދި އިންގްލެންޑުގެ ކުރީގެ ކެޕްޓަން ވަނީ އޮކްޓޯބަރު މަހު އެސްޓަން ވިލާގެ ކޯޗުކަމުން ވަކިކޮށްފައެވެ. އެ މަގާމުގައި އަހަރެއް ނުވަނީސް އޭނާ ވަކިކުރީ އެދެވޭ ކުޅުމެއް ނުދެއްކި، ޓީމު ދަށަށް ދިއުމުންނެވެ. އޭގެ ފަހުން އުނެއި އެމެރީ ޓީމާ ހަވާލުވެ، އެސްޓަން ވިލާ އިން ސީޒަން ނިންމާލީ ކޮންފަރެންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަށްފަހުއެވެ.

2021 ވަނަ އަހަރު ޖެރާޑް ވަނީ ރޭންޖާސް އާއެކު ސްކޮޓިޝް ލީގު ކާމިޔާބުކޮށްފައެވެ. އެއީ 2011 ވަނަ އަހަރުގެ ފަހުން އެ ޓީމަށް ލީގު ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. ރޭންޖާސް އާއެކު ޖެރާޑް ހޯދި ކާމިޔާބީއާ ގުޅިގެން، ލެސްޓާ އެނބުރި ޕްރިމިއަރ ލީގަށް ގެނައުމުގެ މަސައްކަތުގައި ޖެރާޑްގެ ބޭނުން ހިފުމަށް އެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެޕްރީލް މަހުގައި ކޯޗުކަމުން ބްރެންޑެން ރޮޖާސް ވަކިކުރުމަށްފަހު ލެސްޓާގެ ކޯޗަކަށް ގެނައީ ޑީން ސްމިތެވެ. ނަމަވެސް ޕްރިމިއަރ ލީގުގައި ދެމިއޮތުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ޖެރާޑުގެ އިތުރުން ލެސްޓާ އިން ފާރަލަމުންދަނީ ސްކޮޓް ޕާކާއަށެވެ. ފުލަމް އަދި ބޯންމައުތު ޕްރިމިއަރ ލީގަށް އަނބުރާ ގެނެސްދިން ކޯޗަކީ ޕާކާއެވެ.

ޖެރާޑް ހޯދުމުގެ މަސައްކަތް ލީޑްސް ޔުނައިޓެޑުން ވެސް ދަނީ ކުރަމުންނެވެ. މި ސީޒަނުގައި ލީޑްސް ވެސް ރެލިގޭޓް ވެފައިވާއިރު، އެ ޓީމުގެ ކޯޗު ސޭމް އެލަޑައިސް ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.

ލެސްޓާ އިން ޕްރިމިއަރ ލީގަށް އެނބުރި އައުމަށް މަސައްކަތް ކުރާއިރު، އެ ޓީމުން ވަނީ ހަތް ކުޅުންތެރިން ދޫކޮށްލަން ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް