ކ. މާލެ
|
16 ނޮވެންބަރ 2022 | ބުދަ 07:40
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރާ, ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރާ, ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު
ފޭސްބުކް
އަރުޝަދު ޚާލިދުގެ މައްސަލަ
އަރުޝަދުގެ މައްޗަށް ކުރި ވައްކަމާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އަލުން ބަލަން ހައިކޯޓުން އަންގައިފި
 
މައްސަލަ ނިންމެވި ޤާޒީ ކުރިން މިމައްސަލަތައް ބެއްލެވި ޤާޒީން ނެންގެވި ބަޔާންތައް ދިރާސާ ކުރައްވާފައި ނުވޭ
 
ދައުލަތުން ހުށަހެޅި ދަޢުވާތަކަށް އަރުޝަދު ޚާލިދުގެ ފަރާތުން އިންކާރު ކުރުމުން، ހެކި ހުށަހަޅާފައިވޭ
 
ދައުލަތުގެ ހެކިތައް ޝަރީޢަތަށް ބަލައި ނުގަންނަންވީ އެއްވެސް ސަބަބެއް ބަޔާންކޮށްފައެއް ނުވޭ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރާ, ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދުގެ މައްޗަށް މީގެ ކުރިން އުފުލާފައިވާ ވައްކަމާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާތައް ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.

މިއީ 2016 ވަނަ އަހަރު ހިނގި ޙާދިސާއަކާއި ގުޅިގެން އަރުޝަދުގެ މައްޗަށް ދައުވާ އުފުލި، ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ނިންމާފައިވާ 2 ގަޒިއްޔާއެކެވެ. އެގޮތުން ދަށު ކޯޓުން ނިންމާފައިވަނީ އަރުޝަދުގެ މައްޗަށް ކުށް ސާބިތުނުވާކަމަށެވެ. އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މި މައްސަލައިގައި ގޮތެއް ނިންމާފައިވަނީ އަންގާރަ ދުވަހުއެވެ.

ހައިކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވި މި މައްސަލައިގައި ބުނެފައިވަނީ، ދަށު ކޯޓުން މި ދަޢުވާތައް ބެލީ އެކި ޤާޒީންކަން އެނގެން އެނގެން އޮންނަ ކަމަށާއި، މައްސަލަ ނިންމެވި ޤާޒީ އޭގެ ކުރިން މިމައްސަލަތައް ބެއްލެވި ޤާޒީން ނެންގެވި ބަޔާންތަކަށް ރަނގަޅަށް ބައްލަވައި ދިރާސާ ކުރައްވާފައިވާކަމަށް ނުބެލެވޭ ކަމަށެވެ.

ހައިކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، ދައުލަތުން ހުށަހެޅި ދަޢުވާތަކަށް އަރުޝަދު ޚާލިދުގެ ފަރާތުން އިންކާރު ކުރުމުން، ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ރިޕޯޓްތަކަށް އިންކާރު ކުރާނަމަ، އެރިޕޯޓްތައް ހެދި ފަރާތްތައް ޙާޟިރު ކޮށްދިނުމަށް ދައުލަތުންވެސް އަދި އަރުޝަދު ޚާލިދުގެ ފަރާތުންވެސް ފުރަތަމަ އެދިފައިވީ ނަމަވެސް، މައްސަލަ ނިންމެވި ގާޒީއަށް އެކަން ފާހަގަ ކުރެވިފައިވާ ކަމަކަށް ނުފެންނަ ކަމަށް ހައިކޯޓުގެ ޙުކުމުގައި ބުނެއެވެ.

އަރުޝަދު ޚާލިދުގެ ފަރާތުން ބަޔާންވެދިޔަ މާއްދީ އަދި ފޮރެންސިކް ހެކިތަކަށް އިންކާރު ކުރާ ޙާލަތުގައި، ޝަރީޢަތުން ފުރަތަމަ ބަލަންޖެހޭނީ، އެ އިންކާރަކީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ނުވަތަ އެއްވެސް ހެއްކެއް ދެއްކުމާއެކު ކުރާ އިންކާރެއްތޯކަމަށް ހައިކޯޓުގެ ޙުކުމުގައި ބުނެއެވެ.

އޭގެ އިތުރުން، ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހެޅުމާއިއެކު، އެ ހެކި ޝަރީޢަތަށް ބަލައި ނުގަންނަންވީ އެއްވެސް ސަބަބެއް އަމުދުން ބަޔާން ކުރުމާއި ނުލައި، އެ ހެކިތަކަށް އިންކާރު ކުރަމޭ އަރުޝަދު ބުނެލާ ބުނުމެއްގެ މައްޗަށް އެ ހެކިތައް ޝަރީޢަތަށް ބަލައި ނުގަނެ ދޫކޮށް ނުލެވޭނެކަމަށްވެސް ޙުކުމުގައި ބުނެއެވެ. އެގޮތަށް ހެކިތައް ބަލައި ނުގަނެ ދޫކޮށްލާން ވެއްޖެނަމަ، ދަޢުވާ ސާބިތު ކުރާނެ އެއްވެސް ހެއްކެއް ނޯންނާނެކަންވެސް ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.

އަރުޝަދު ޚާލިދުގެ ފަރާތުން ދިފާޢުގައި ހަމައެކަނި ބުނާ ބުނުމަކީ، ޙާދިޘާ ހިނގިތަނަށް އޭނާ ނުގޮސް ކޮންމެވެސް ބަޔަކާއެކު ގޭމްކުޅެން ކޮންމެވެސް އެހެން ތަނެއްގައި އެރޭ ތިބިކަމަށެވެ. އެކަން ސާބިތު ކުރުމަށް އަރުޝަދު ޚާލިދުގެ ފަރާތުން ފުރަތަމަވެސް ހެކި ހުށަހަޅާފައިވަނީ ޝަރީޢަތް ފެށުނު ފަހުންކަން ހައިކޯޓުން ފާހަގަ ކުރެއެވެ.

އެހެންކަމުން، ދަޢުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި މާއްދީ އަދި ފޮރެންސިކް ހެކިތައް ބަލައިނުގަތުމަށް ނިންމުމުގެ ކުރިން، އަރުޝަދު ޚާލިދު މި ހުށަހަޅާ ޙާދިޘާ ހިނގިތަނުގައި ނެތްކަމުގެ ދިފާޢުއާ މެދުވެސް ދަށު ކޯޓުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭނެކަން ހައިކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.

ދަށު ކޯޓުން އަރުޝަދު ޚާލިދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ވައްކަން ކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި މުދަލަށް ގެންލުން ދިނުމުގެ ކުށުގެ ދަޢުވާ ސާބިތު ނުވާކަމަށް ނިންމީ، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ޝަރީޢަތަށް ހެކި ލިބިފައި ނެތްކަމަށް ބުނެއެވެ. އެހެންނަމަވެސް، ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާ ހެކިތައް ދަށު ކޯޓުތަކުން ބަލައި ނުގަންނަނަމަ، ދަޢުވާ ސާބިތު ކުރާނެ ހެއްކެއް ނުހުންނާނެކަން ހައިކޯޓުން ފާހަގަ ކުރެއެވެ.

ހައިކޯޓުން ވަނީ ދައުލަތުން ހުށަހެޅި ހެކިތަކާއި މެދު އަލުން ބަލައި، މި 2 މައްސަލަވެސް އަލުން ދަށު ކޯޓުން ބެލުމަށް ޙުކުމް ކުރައްވާފައެވެ.

ހައިކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު ހުސައިން ޝަހީދު އާއި ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު ޙަސަން ޝަފީއުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ކުރީގެ ރައީސް ޔާމީނަށް ހުކުމް ކުރުން މާދަމާ
އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން
ހެކިބަސް ނަގާފައި ބަންދުން ދޫކޮށްލާ މީހާގެ ނުފޫޒުން ހެކިން ލައްވައި ޝަރީޢަތަށް ސިޓީ ފޮނުވުން ވަނީ ގިނަވެފައި: ހައިކޯޓު
ޖަލު ބަންދުގައި ތިބޭ މީހުން ޝަރުތުތަކާއެކު ގޭބަންދުކުރުމަށް ކުރާ އަމުރާ އެއްގޮތަށް ޢަމަލުކުރާކަން ދައުލަތުގެ އިދާރާތަކުން ކަށަވަރުކުރެވޭނެ ހަރުދަނާ އުޞޫލެއް ނެތް: ހައިކޯޓު
ގްރޫމްކޮށްގެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހާ ޝަރުތުތަކާއެކު ދޫކޮށްލަން ނިންމި ނިންމުން ބާތިލުކޮށްފި
ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމުގެ ސައްޙަކަން ކަނޑައެޅުމަށް ހައިކޯޓަށް ހުށަހަޅައިފި
ސުޕްރީމް ކޯޓަށް ލިބިދޭ ބާރުގެ ދަށުން އިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދައުލަތުން އެދިއްޖެ