ކ. މާލެ
|
15 ނޮވެންބަރ 2022 | އަންގާރަ 12:29
ހިޔާ ފްލެޓް
ހިޔާ ފްލެޓް
ޝިއުނާ ސޯލިހް
ހިޔާ ޓަވަރުތަކުން ކަރަންޓް ކަނޑައިގެންދިޔުން
ހުޅުމާލެ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެ
 
ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ސްޓެލްކޯއިން ބުނޭ
 
ކަރަންޓް ކެނޑިފައިވަނީ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލަކަށް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ބަޔަކުގެ ފަރާތުން ކޮނުމުގެ ތެރޭ ގެއްލުންލިބުމުގެ ސަބަބުން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

މި ކަމާއި ގުޅިގެން ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިފައިވާކަމަށެވެ. ކަރަންޓު ކެނޑިފައިވަނީ އެ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލަކަށް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ބަޔަކުގެ ފަރާތުން ކޮނުމުގެ ތެރޭ ގެއްލުން ލިބުމުގެ ސަބަބުންކަމަށް ސްޓެލްކޯއިން ބުނެއެވެ. އެ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

ކަރަންޓު ކެނޑުނުފަހުން ގަޑިއިރަކަށްވުރެ ގިނައިރު ވަނީ ވެފައެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ވެސް ވަނީ ހުޅުމާލޭގެ އެއް ފީޑަރު ނިވި، ބައެއް ހިސާބުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ. އޭގެފަހުން ހުޅުމާލޭގެ މީޑީއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ސްޓެލްކޯއިން ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް