ކ. މާލެ
|
26 އޮކްޓޯބަރ 2022 | ބުދަ 20:04
އަރުޝަދު ޚާލިދު
އަރުޝަދު ޚާލިދު
ފޭސްބުކް
އަރުޝަދު ދޫކޮށްލުން
އަރުޝަދު އަނެއްކާ ވެސް ދޫކޮށްލައިފި
 
ދޫކޮށްލާފައިވަނީ ބަންދު ދެމެހެއްޓޭވަރަށް ހެތްކާއި ގަރީނާ ލިބިފައިނުވާތީ

މަސްތުވާތަކެތީގެ ބޮޑެއްކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ޚާލިދު އަނެއްކާވެސް ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ އަރުޝަދު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި ބަންދު ދެމެހެއްޓޭވަރަށް ހެތްކާއި ގަރީނާ ލިބިފައިނުވާތީ އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ފުލުހުން ވަނީ އަރުޝަދު ހައްޔަރުކުރުމަށްފަހު ބަންދުން ދޫކޮށްލާފައެވެ.

އަރުޝަދުއާމެދު މީޑިއާތަކުން ސައްހަނޫން މައުލޫމާތު ފަތުރާފައިވާކަމަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ ބުނެފައެވެ.

އަރުޝަދު ހައްޔަރުކުރަން ހައިކޯޓުން މިދިޔަ ޖޫން މަހު ނެރުނު އަމުރުގެ އިސްތިއުނާފު އަޑު އެހުންތައް ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ސުޕްރީމްކޯޓުގައި ވަނީ ބާއްވާފައެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ 3 ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަމުން ދިފާއީ ވަކީލު ބުނީ، އަރުޝަދު ހައްޔަރުކޮށްފައިވަނީ ލަންކާއިން އޭނާ ރާއްޖެއަށް ޑީޕޯޓްކޮށްލުމުން ކަމަށް މީޑިއާތަކުން ބުނިނަމަވެސް އޭނާ ލަންކާގައި ހުރީ ސައްހަ ވިސާއެއްގެ ދަށުން ކަމަށާއި، އަދިވެސް އެ ވިސާގެ މުއްދަތު ހަމަނުވާކަމަށެވެ.

މިއީ، ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް އެ ކޯޓުން ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އަމުރުކޮށްފައިވަނިކޮށް، އެ އަމުރާ ޚިލާފުވުމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެކެވެ. ޕީޖީ އޮފީހުން ބުނިގޮތުގައި ފުލުހުން، 12 އޮކްޓޫބަރު 2022 ދުވަހުގެ 19:45ށް އަރުޝަދު ޚާލިދު އެ ކޯޓަށް ހާޒިރުކޮށްފައިވަނީ ހައްޔަރުން ދޫކޮށްލުމަށް ފަހުގައެވެ. އަދި ފުލުހުން ވަނީ އެކަމާގުޅޭ ލިޔުމެއްވެސް އޭނާއަށް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް