ކ. މާލެ
|
25 އޮކްޓޯބަރ 2022 | އަންގާރަ 23:37
ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު
ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު
ފޭސްބުކް
އަރުޝަދު ހައްޔަރުކުރުން
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަރުޝަދު ހައްޔަރުކޮށްފި
 
ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން

މަސްތުވާތަކެތީގެ ބޮޑެއްކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ޚާލިދު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަންގާރަ ދުވަހު އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަރުޝަދު ޚާލިދުއާމެދު މީޑިއާތަކުން ސައްހަނޫން މައުލޫމާތު ފަތުރާފައިވާކަމަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ ބުނެފައެވެ.

އަރުޝަދު ޚާލިދު ހައްޔަރުކުރަން ހައިކޯޓުން މިދިޔަ ޖޫން މަހު ނެރުނު އަމުރުގެ އިސްތިއުނާފު އަޑު އެހުންތައް ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އަޑު އެހުމެއް އަންގާރަ ދުވަހު ސުޕްރީމްކޯޓުގައި ވަނީ ބާއްވާފައެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ 3 ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި ފަނޑިޔާރު ހުސްނުއްސޫއުދެވެ.

މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަމުން ދިފާއީ ވަކީލު ބުނީ، އަރުޝަދު ހައްޔަރުކޮށްފައިވަނީ ލަންކާއިން އޭނާ ރާއްޖެއަށް ޑީޕޯޓްކޮށްލުމުން ކަމަށް މީޑިއާތަކުން ބުނިނަމަވެސް އޭނާ ލަންކާގައި ހުރީ ސައްހަ ވިސާއެއްގެ ދަށުން ކަމަށާއި، އަދިވެސް އެ ވިސާގެ މުއްދަތު ހަމަނުވާކަމަށެވެ.

މިއީ، ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް އެ ކޯޓުން ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އަމުރުކޮށްފައިވަނިކޮށް، އެ އަމުރާ ޚިލާފުވުމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެކެވެ. ޕީޖީ އޮފީހުން ބުނިގޮތުގައި ފުލުހުން، 12 އޮކްޓޫބަރު 2022 ދުވަހުގެ 19:45ށް އަރުޝަދު ޚާލިދު އެ ކޯޓަށް ހާޒިރުކޮށްފައިވަނީ ހައްޔަރުން ދޫކޮށްލުމަށް ފަހުގައެވެ. އަދި ފުލުހުން ވަނީ އެކަމާގުޅޭ ލިޔުމެއްވެސް އޭނާއަށް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް