ކ. މާލެ
|
23 އޮކްޓޯބަރ 2022 | އާދީއްތަ 21:10
އެސްޓަން ވިލާއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗުގެ ތެރެއިން
އެސްޓަން ވިލާއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗުގެ ތެރެއިން
ޕްރިމިއަރ ލީގު
ޕްރިމިއަރ ލީގު
ޖެރާޑް ވަކިކޮށް، ކުޅުނު ފުރަތަމަ މެޗުގައި އެސްޓަން ވިލާއިން ބޮޑު މޮޅެއް ހޯދައިފި
 
އެސްޓަން ވިލާއިން ބްރެންޓްފޯޑް ބަލިކުރީ 4-0ން

ޓީމުގެ ހެޑް ކޯޗުގެ މަގާމުގައި ހުރި ސްޓީވެން ޖެރާޑް މަގާމުން ވަކިކުރުމަށްފަހު ކުޅުނު ފުރަތަމަ މެޗުގައި އެސްޓަން ވިލާއިން ބޮޑު މޮޅެއް ހޯދައިފިއެވެ.

މި ސީޒަންގައި އެސްޓަން ވިލާއިން ހޯދަމުންދިޔަ ދަށް ނަތީޖާތަކުގެ ސަބަބުން ޓީމުގެ ކޯޗު ޖެރާޑް މަގާމުން ދުރުކުރީ ފުލަމް އަތުން 3-0ން އެސްޓަން ވިލާ ބަލިވި މެޗަށްފަހުއެވެ. އޭގެ ފަހުން އެސްޓަން ވިލާގެ ފުރަތަމަ މެޗު ކުޅުނީ ޕްރިމިއަރ ލީގުގައި ބްރެންޓްފޯޑާއި ދެކޮޅަށެވެ. އާދީއްތަ ދުވަހުގެރޭ އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ މިނެޓުގައި އެސްޓަން ވިލާއަށް ލީޑު ނަގައިދިނީ ލިއޯން ބެއިލޭއެވެ. އޭގެ އިރުކޮޅެއް ފަހުން ޑެނީ އިންގްސް ވަނީ ދެލަނޑު ޖަހައި އެސްޓަން ވިލާގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ތެރެއިން އެއް ލަނޑަކީ ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. އެސްޓަން ވިލާގެ ފަހު ލަނޑު މެޗުގެ ދެވަނަ ހާފުގައި ޖަހައިދިނީ އޮލީ ވަޓްކިންސްއެވެ.

މި ނަތީޖާއާއެކު އެސްޓަން ވިލާ އޮތީ 12 މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލުގެ 14 ވަނަ މަގާމުގައެވެ. މެޗުން ބަލިވި ބްރެންޓްފޯޑް އޮތީ ހަމަ އެއަދަދަށް މެޗު ކުޅެގެން ލިބުނު 14 ޕޮއިންޓާއެކު 10 ވަނާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް