ކ. މާލެ
|
25 ސެޕްޓެންބަރ 2022 | އާދީއްތަ 19:35
އިޓަލީގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށް ވެވަޑައިގެންފާނެކަމަށް ބެލެވޭ ޖިއޯޖިއާ މެލޯނީ
އިޓަލީގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށް ވެވަޑައިގެންފާނެކަމަށް ބެލެވޭ ޖިއޯޖިއާ މެލޯނީ
ގެޓީ އިމޭޖަސް
އިޓަލީގެ ވޯޓުލުން
އިޓަލީގައި ވޯޓުލުން ކުރިއަށްދާއިރު، ފުރަތަމަފަހަރަށް އަންހެން ބޮޑުވަޒީރަކު ފެނުން ގާތް
 
އިޓަލީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 51 މިލިއަނެއްހާ މީހުން އެބަތިބި

އިޓަލީގެ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ދެ ގެއަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި އާދީއްތަ ދުވަހު އެގައުމުގެ ރައްޔިތުން ވޯޓްލަމުން އެބަގެންގެއެވެ. އެއީ ޗެމްބަރ އަދި ސެނެޓްއެވެ. ޗެމްބަރއަށް 400 މެމްބަރުން ހޮވާއިރު، ސެނެޓަށް ހޮވަނީ 200 މެމްބަރުންނެވެ. މިއިންތިޚާބުގެ ނަތީޖާ ނުކުންނަގޮތަކުން އެގައުމުގެ ފުރަތަމަ ފަހަރަށް އަންހެން ބޮޑުވަޒީރަކު ފެނުން ގާތްކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އެއީ ފާ-ރައިޓް، ބްރަދަރސް އޮފް އިޓަލީ ޕާޓީގެ ލީޑަރު ޖިއޯޖިއާ މެލޯނީއެވެ. މެލޯނީގެ ޕާޓީއަށް އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ވެގެންދާނީ، ދެވަނަ ބޮޑުހަނގުރާމައަށްފަހު، އެންމެ ބޮޑަށް ކަނާތު ފިޔައަށް ޖެހިފައިވާ ޕާޓީއަކަށް އިޓަލީގެ ވެރިކަން ލިބުނު ފަހަރަށެވެ.

މެލޯނީ މިހާރުވެސް ވަނީ ކަނާތުފިޔައިގެ ދެ ޕާޓީކަމަށްވާ، ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބެލެސްކޯނީގެ ޕާޓީއާއި އަދި މަޓިއޯ ސަލްވީނީގެ ލީގް ޕާޓީއާއެކު އެލަޔަންސެއް ހައްދަވާފައެވެ.

އިޓަލީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 51 މިލިއަނެއްހާ މީހުން ތިބިއިރު، އާދީއްތަ ދުވަހުގެ ރޭ އެގައުމުގެ ގަޑިން 11 ޖަހަންދެން (ޖީ.އެމްޓީ ގަޑިން 9 ޖަހަންދެން) ވޯޓުލުން ކުރިޔަށް ދާނެއެވެ. މިއިންތިޚާބުގައި އަލަށް ވޯޓުލާ 2.6 މިލިއަން މީހުން ތިބިއިރު، ވޯޓުލާ އާބާދީގެ 4.7 މިލިއަން މީހުން ގައުމުންބޭރުގައި އެބަތިއްބެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް