ކ. މާލެ
|
26 އޯގަސްޓް 2022 | ހުކުރު 12:54
އައްމަޓީގެ މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން
އައްމަޓީގެ މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން
ރާއްޖެއެމްވީ
އައްމަޓީގެ މައްޗަށް ކުރާ ދައުވާ
އައްމަޓީއަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް އާދިއްތަ ދުވަހު
 
އޭނާ ވަނީ ދައުލަތުން ހުށައަޅާފައިވާ ހުރިހާ ދައުވާއަކަށް ވެސް އިންކާރުކޮށްފައި
 
އޭނާގެ މައްޗަށް ޚިޔާނަތްތެރި ވުމުގެ 42 ދައުވާއެއް ކުރިމިނަލް ކޯޓުގައި އުފުލާފާއިވޭ

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިންގ ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށް ފަހު، ރާއްޖެއިން ބޭރަށްގޮސް ފިލި މައްސަލައިގައި ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އަށެވެ.

އޭނާގެ މައްޗަށް ޚިޔާނަތްތެރިވުމުގެ 42 ދައުވާއެއް ކުރިމިނަލް ކޯޓުގައި އުފުލާފާއިވާއިރު، މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި އޭނާ ވަނީ ދައުލަތުން ހުށައަޅާފައިވާ ހުރިހާ ދައުވާއަކަށްވެސް އިންކާރު ކޮށްފައެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސީލައިފްއާ އެކު އެޗްޑީސީން ސޮއިކޮށްފައި ވަނީ 13 މާޗު 2014 ގައެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔުމަކާ ނުލައި އެތައް ރައްޔިތުންގެ އަތުން އޭނާ ވަނީ ފައިސާ ނަގާފައެވެ.

މި މައްސަލައިގެ ހެކިންގެ ގޮތުގައި، އެ ކުންފުނީގައި ކުރިން މަސައްކަތް ކުރި 9 މުވައްޒަފަކު ހުށަހަޅާފައިވެއެވެ. 

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ޙަސަން ސައީދެވެ.

އައްމަޓީއަށް ކުރާ ދައުވާއާ ގުޅިގެން 20 މާރޗުގައި ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މި މައްސަލަ ބައްލަވާ ގާޒީ ޙަސަން ސައީދު ވަނީ އޭނާ ޝަރީއަތަށް ނުފިލާނެކަން ކަށަވަރުކުރެވޭ ވަރަށް އިތުރު ހަރުދަނާ ފިޔަވަޅު އެޅުމަށްފަހު އޭނާގެ ބަންދަށް ބަދަލު ގެންނަންޖެހޭ ޙާލަތު އޮތްކަމަށް ވިދާޅުވެ އޭނާ ދޫކޮށްލެއްވުމަށް ނިންމަވާފައެވެ.

އައްމަޓީ ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން، ހައިކޯޓުން ފުރަތަމަ އެ މައްސަލަ ބޭރުކޮށްލިއެވެ. އެހެންނަމަވެސް، އެ ނިންމުން ރަނގަޅަށް ނޫންކަމަށް ބަޔާންކޮށް ސުޕްރީމް ކޯޓުން ވަނީ އަލުން އެ މައްސަލަ ހައިކޯޓުގައި ކުރިއަށްގެންދިއުމަށް އަންގާފައެވެ. އެގޮތުން މިއީ ހައިކޯޓުން އަލުން ބަލަންޖެހޭ މައްސަލައެއްކަމަށް ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާޤުން އޭރު ކަނޑައެޅުއްވުމުން، މި މައްސަލައިގެ އަޑުއެހުން އަލުން ހައިކޯޓުގައި ކުރިއަށް ގެންދިޔައެވެ.

އައްމަޓީ ފިލާފާނެ ކަމަށް ދައުލަތުން ބުނި ނަމަވެސް، ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް ބުރަވެވުނީ އައްމަޓީ އަލުން ބަންދުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް