ކ. މާލެ
|
21 ފެބްރުއަރީ 2022 | ހޯމަ 15:07
ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)
ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)
ޓްވިޓަރ
ސީލައިފް ޚިޔާނާތް
އައްމަޓީއަށް އުފުލާފައިވާ ޚިޔާނާތުގެ 42 ދައުވާއަށްވެސް އޭނާ އިންކާރުކޮށްފި
 
އޭނާ ވަނީ ދައުލަތުން ހުށައަޅާފައިވާ ހުރިހާ ދައުވާއަކަށްވެސް އިންކާރު ކޮށްފައި
 
ހޯމަ ދުވަހުގެ އަޑުއެހުމުގައި ވަނީ ދައުވާތައް އިއްވައި ޖަވާބުދާރީ ވެފައި
 
ދެން އޮންނަ އަޑުއެހުމެއްގައި ބަންދާމެދު ނިންމަވާ ގޮތެއް އަންގަވާނެ

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިންގ ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށްފަހު، ރާއްޖެއިން ބޭރަށްގޮސް ފިލި މައްސަލައިގައި ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ އިންކާރު ކޮށްފިއެވެ.

އޭނާގެ މައްޗަށް ޚިޔާނަތްތެރި ވުމުގެ 42 ދައުވާއެއް ކުރިމިނަލް ކޯޓުގައި އުފުލާފާއިވާއިރު، ހޯމަ ދުވަހުގެ އަޑުއެހުމުގައި ވަނީ ދައުވާތައް އިއްވައި ޖަވާބުދާރީ ވެފައެވެ. އޭނާ ވަނީ ދައުލަތުން ހުށައަޅާފައިވާ ހުރިހާ ދައުވާއަކަށްވެސް އިންކާރު ކޮށްފައެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސީލައިފްއާ އެކު އެޗްޑީސީން ސޮއިކޮށްފައި ވަނީ 13 މާޗު 2014 ގައެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔުމަކާ ނުލައި އެތައް ރައްޔިތުންގެ އަތުން އޭނާ ވަނީ ފައިސާ ނަގާފައެވެ.

މި މައްސަލައިގެ ހެކިންގެ ގޮތުގައި، އެ ކުންފުނީގައި ކުރިން މަސައްކަތް ކުރި 9 މުވައްޒަފަކު ހުށަހަޅާފައިވެއެވެ. އައްމަޓީއަކީ ކުންފުނީގެ އެމްޑީ ކަމަށް ވެފައި އެމީހުންނާއި ޚާއްސަ ގުޅުމެއް އޮންނަ މީހެއް ކަމަށް ވުމުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ދައުލަތުން ބުނެފައިވެއެވެ.

މި މައްސަލައިގައި ދެން ކުރިއަށް ދިޔައީ ބަންދު މުރާޖައާ އަޑުއެހުމެވެ. އެގޮތުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް އޭނާ އެދިފައިވާއިރު، ދައުލަތުން ވަނީ އޭނާ ބަންދުގައި ހުރި ހުރުން ދަމަހައްޓައިދިނުމަށް އެދިފައެވެ. ހައިކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ އައްމަޓީ ދޫކޮށްލައިފިނަމަ ފިލައިގެން ދިއުމުގެ ބިރު އެބައޮތް ކަމަށާއި، އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ނިންމި ނިންމުން ބާތިލު ކަމަށެވެ. ހައިކޯޓުން ވަނީ އައްމަޓީ އަލުން ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އެއާއެކު އައްމަޓީ މިހާރު ހުންނަނީ ބަންދުގައެވެ.

ބަންދު މުރާޖައާއާއި ގުޅޭގޮތުން ދެފަރާތުން ހުށައެޅި ނުކުތާތަކާއި ގުޅިގެން ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމެއްގައި ބަންދާމެދު ނިންމަވަ ގޮތެއް އަންގަވާނެކަމަށް ވިދާޅުވެފައެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިންގ ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަށްފަހު، ރާއްޖެއިން ބޭރަށް ގޮސް ފިލި މައްސަލައިގައި އައްމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓުގައި އަޑުއެހުންތައް ކުރިއަށް ދަނިކޮށް ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ 20 އޮކްޓޯބަރު 2021 ގައެވެ. އޭނާ ދޫކޮށްލީ އޭނާގެ އަންހެން ކޮއްކޮ އަފީފާ މޫސާ އާއި ދައްތަ މަރިޔަމް ނައީމާ ޖާމިނުކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ ޙަސަން ސައީދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
21 ފެބްރުއަރީ 2022 | ހޯމަ 17:19
13ވގ
ރަގަޅު ޔާމީން ވެސް އިންކާރު މާލިއްޔަތު ދަވާލާފަވެސް އޯކޭ އެއްނު