ހއ. ހޯރަފުށި
|
14 ފެބްރުއަރީ 2022 | ހޯމަ 23:37
ހޯރަފުށީ އެއާރޕޯރޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށް ދަނީ
ހޯރަފުށީ އެއާރޕޯރޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށް ދަނީ
އެމްޓީސީސީ
ހޯރަފުށީ އެއަރޕޯރޓްގެ ގޮނޑުދޮށް ހިމާޔަތްކުރުން
ހޯރަފުށީ އެއަރޕޯރޓްގެ ގޮނޑުދޮށުގައި ގްރޮއިންޖެހުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ
 
ގްރޮއިން ޖެހުމުގެ 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައި
 
ބޭރުތޮށީގެ ޕްރޮފައިލިންގގެ 35 އިންސައްތަ މަސައްކަތް ވަނީ ނިމިފައި
 
މި މަޝްރޫއަކީ 90.5 މިލިއަން ރުފިޔާގެ މަޝްރޫއެއް

ހއ. ހޯރަފުށީ އެއަރޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ގްރޮއިން ޖެހުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)ން މައުލޫމާތުދިން ގޮތުގައި, ގްރޮއިން ޖެހުމުގެ 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ބޭރުތޮށީގެ ޕްރޮފައިލިންގގެ 35 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

މީގެއިތުރުން, މި މަޝްރޫއުގެ ދަށުން ހޯރަފުށީގެ އެއަރޕޯރޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 90.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް