ކ. މާލެ
|
3 ޖެނުއަރީ 2022 | ހޯމަ 18:15
ކުރީގެ ރައީސް އަބްދުﷲ ޔާމީން- ރައީސް ޔާމީން މިފަހަކަށް އައިސް ގެންދަވަނީ ސިޔާސީ ޕޯޑިއަމްތަކުގައި އެމަނިކުފާނުގެ ވެރިކަމުގައި ކުރައްވާފައިވާ ކަންކަމާގުޅޭ ގިނަ ވާހަކަތަކެއް ދައްކަވަމުން
ކުރީގެ ރައީސް އަބްދުﷲ ޔާމީން- ރައީސް ޔާމީން މިފަހަކަށް އައިސް ގެންދަވަނީ ސިޔާސީ ޕޯޑިއަމްތަކުގައި އެމަނިކުފާނުގެ ވެރިކަމުގައި ކުރައްވާފައިވާ ކަންކަމާގުޅޭ ގިނަ ވާހަކަތަކެއް ދައްކަވަމުން
ރައީސް އޮފީސް
ސިނަމާލެ ބްރިޖް
ބްރިޖް އެޅީމަ މީހުން ވަޅުލަންވެސް ފަސޭހަވެއްޖެ: ޔާމީން
 
ބޮޑެތި އަދަދުތަކުން އެ ބްރިޖަށްޓަކައި ދިވެހި މާލިއްޔަތުން ވަނީ ޚަރަދުވެސް ކޮށްފައި
 
ހުޅުމާލޭގައި ސަހަރާ ގާއިމުކުރީ ކުރިއަށް އޮތް 30 އަހަރަށްވެސް މާލޭގެ ރައްޔިތުން ވަޅުލެވޭނެ ޖާގައެއް ހެދުމަށް
 
ބްރިޖުގެ ފައިދާ ރައްޔިތުންނަށް ލިބި، މީހުން ވަޅުލުމުގައި އިތުރު ފަސޭހަތަކެއް ލިބެމުންދާކަމަށް ވިދާޅުވި

ސިނަމާލެ ބްރިޖުގެ ސަބަބުން މީހުން ވަޅުލުމުގެ ކަންކަމަށްވެސް އިތުރު ލުއިފަސޭހަކަމެއް ލިބިގެން ގޮސްފައިވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޗެނަލް-13ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މާލޭގެ ސަހަރާތައް ފުރިބާރުވެފައިވާ ކަމަށާއި، މަތިމައްޗަށް ވެލި އަޅައިގެން މީހުން ވަޅުލުމަށް ބޭނުން ކުރަމުންދާއިރު، އެތަނުގެ ފާރުތައް ވީރާނާވެގެން ގޮސް، ހައްލު ނުކުރެވިއްޖެނަމަ އިންސާނީ ކަރާމާތަށްވެސް އިހުތިރާމު ކުޑަ ކުރެވެނީ ކަމަށެވެ. އެގޮތުން މާލޭގެ އާ ސަހަރާ ފުުރިފައިވީނަމަވެސް، ބްރިޖުގެ ފައިދާ ރައްޔިތުންނަށް ލިބި، މީހުން ވަޅުލުމުގައި އިތުރު ފަސޭހަތަކެއް ލިބެމުންދާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ހުޅުމާލޭގައި ސަހަރާ ގާއިމުކުރީ ކުރިއަށް އޮތް 30 އަހަރަށްވެސް މާލޭގެ ރައްޔިތުން ވަޅުލެވޭނެ ޖާގައެއް ހެދުމަށް ކަމަށެވެ. އަދި ބްރިޖާއެކު އެ މަސައްކަތް ފަސޭހަވެގެން ދިޔަ ގޮތް ރައީސް ޔާމީން ވިދާޅުވެދެއްވިއެވެ. އަދި މިކަންކަމާ ވިސްނަން ބޭނުން ނުވާތީ ރައީސް ޔާމީނު ވަނީ ސުވާލު ކުރައްވާފައެވެ.

މާލޭގައި އާ ސަހަރާ ފުރި ބާރު ވެފައި. ބްރިޖުގެ ފައިދާ އެ ލިބެނީ. އަޅުގަނޑުމެން ހުޅުމާލޭގައި ސަހަރާ ގާއިމުކުރީ. އަޅުގަނޑު ބޭނުންވީ ކުރިއަށް އޮތް 30 އަހަރުވަންދެންވެސް މާލޭގެ ރައްޔިތުން ވަޅުލެވޭ ވަރުގެ ޖާގަ ހަދަން. ބްރިޖް އޮތީމަ ސަންދޯއް ހިފައިގެން ދަރުމަވަންތަ ހޮސްޕިޓަލުން ނިކުމެގެން ހެންވޭރުގައި ހުންނަ ގެއަކަށް އައުމެކޭ މާލޭ ހުރަސްކޮށްފައި ހުޅުމާލެއަށް ވަޅުލަން ދިޔުމެކޭ ތަފާތެއް ނެތް. އެއީ ބްރިޖުގެ ފަސޭހަކަން. މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނިގިރިއިރުވެސް ބްރިޖުން ހުރަސްކޮށް އަންނަ ހަތް މިނެޓް ނެގީ. މިއީ ސަރުކާރުން ބްރިޖް އަޅައިގެން ޖަވާބުދޭން ޖެހޭ ބައެއް ސުވާލުތަކަކީ. ހުރިހާ ކަމެއް މިކުރަނީ ރައްޔިތުންގެ ފައިދާއަށޭ. ބްރިޖުން ލިބެނީ ހަމައެކަނި ދަތުރުފަތުރުކުރާ މީހުންނަށް ލިބޭ ފައިދާއެއް ނޫނޭ. ވިސްނަން ބޭނުންނުވަނީ ހެއްޔޭ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން މިފަހަކަށް އައިސް ގެންދަވަނީ ސިޔާސީ ޕޯޑިއަމްތަކުގައި އެމަނިކުފާނުގެ ވެރިކަމުގައި ކުރައްވާފައިވާ ކަންކަމާއި، ޕީޕީއެމް އަލުން ވެރިކަމަށް އައިސްފިނަމަ ކުރައްވާނެ ކަންކަމާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް، ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ދައްކަވަމުންނެވެ. އެގޮތުން ބްރިޖުގެ ވާހަކަ ދައްކަވާފައިވާއިރު، ބްރިޖްގެ ފުރަތަމަ ކުރެހުން ދައްކާލިއިރު، ކޮންމެ ކޮޅަކުން ފެނުނު ހަތަރު ލޭނެއް ބްރިޖް ހުޅުވިއިރު ނެތުމާއި، ދުވާ މީހުންނާއި، ބައިސްކަލް ދުއްވާ މީހުންނަށް ހާއްސަ ލޭނުތަކެއް ހުންނާނެކަމަށް ސަރުކާރުން ބުނި ނަމަވެސް އެފަދަ ލޭނެއް ނެތި، ކުއްލިއަކަށް ގެއްލުނު ސަބަބާ ގުޅޭގޮތުން އަދިވެސް ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.

އޭގެ އިތުރުން، ބްރިޖުގެ ކުރެހުން ދިވެހިންނަށް ދައްކާލިއިރު ޚަރަދުވާނެކަމަށް ބުނި އަދަދުތަކަށްވުރެ ބޮޑެތި އަދަދުތަކުން އެ ބްރިޖަށްޓަކައި ދިވެހި މާލިއްޔަތުން ވަނީ ޚަރަދުވެސް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
38%
0%
0%
0%
13%
ކޮމެންޓް
3 ޖެނުއަރީ 2022 | ހޯމަ 19:50
އަދުރޭ
މީހުން އަދި މަރުވަން މާފަސޭހަވާނެ