ކ. މާލެ
|
6 ޑިސެންބަރ 2021 | ހޯމަ 23:26
ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތުގެ ތެރެއިން
ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތުގެ ތެރެއިން
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ހޯމަ ދުވަހު ރަށްރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު 100ން މަތީގައި
 
ރާއްޖެއިން މިހާތަނަށް 92،368 މީހުން ވަނީ ޕޮޒިޓިވްވެފައި
 
މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 4 އިންސައްތައިގައި

ކޮވިޑް-19ށް އިތުރު 157 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00ން ހޯމަ ދުވަހުގެ އިރުއޮއްސި 6:00ށް މާލެ ސަރަހައްދުން ނެގި 999 ސާމްޕަލާއެކު ޖުމްލަ 3693 ސާމްޕަލް ވަނީ ޓެސްޓްކޮށްފައެވެ.

3693 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 157 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 38 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވީ 117 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 2 މީހުންނާއި ސަފާރީތަކުން ޕޮޒިޓިވްވި 4 މީހުންނެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް 92،368 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި މީގެ ތެރެއިން 90،304 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މި 24 ގަޑިއިރު ތެރޭގައި 101 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އެކްޓިވް ކޭހުގެ ގޮތުގައި 1796 ކޭސް ރިޕޯޓްކޮށްފައިވާ އިރު، މީގެ ތެރެއިން 16 މީހުންނަށް ފަރުވާ ދެމުން އަންނަނީ ފެސިލިޓީތަކުގައެވެ. 255 މީހުން ވަނީ މި ބަލީގައި މިހާތަނަށް ނިޔާވެފައެވެ. މި މަހުގެ ތެރޭގައި އެކަނި ވެސް މިހާތަނަށް 4 މީހުން ވަނީ ނިޔާވެފައެވެ. އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 4 އިންސައްތައިގައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް