ކ. މާލެ
|
4 ޑިސެންބަރ 2021 | ހޮނިހިރު 13:08
މަރުހަބާ ރައީސް ޔާމީން ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ،
މަރުހަބާ ރައީސް ޔާމީން ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ،
ޕީޕީއެމް
ރައީސް ޔާމީން ފުރުވާލުމަށް އުޅުން
ރައީސް ޔާމީނު ބޭރަށް ފުރުވާލުމަށް އެކި ސިފަސިފައިގައި މިސަރުކާރުން މަސައްކަތް ކުރި: އަބްދުއްރަހީމް
 
ޔާމީން ޖަލުގައި ހުންނެވިއިރު ގިނަ ދަތިތަކާއި ކުރިމަތިވި
 
ގައުމު ދޫކުރައްވައި ވަޑައިގަންނަވާނެ އެހެންތަނެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެއިން ބޭރަށް ފުރުވާލުމަށް އެކި ސިފަސިފައިގައި މިސަރުކާރުން މަސައްކަތް ކުރި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަރުހަބާ ރައީސް ޔާމީން ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފުރުވާލުމަށް އެކި ސިފަސިފައިގައި މިސަރުކާރުން މަސައްކަތް ކުރި ކަމަށާއި، އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ މިއަދުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށެވެ.

އެގޮތުން މިނިސްޓަރު އިމްރާން ޖަލަށް ވަޑައިގެން ރައީސް ޔާމީން ބޭނުންފުޅުވާ ގައުމަކަށް ބޭސްފަރުވާއަށް ވަޑައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ޖަވާބުގައި ދިވެހި ގައުމު ދޫކުރައްވައި، ވަޑައިގަންނަވާނެ އެހެންތަނެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަންވެވަޑައިގެން މިސަރުކާރުން އެންމެ ބޮޑު އިސްކަމެއް މިދިނީ ރައީސް ޔާމީން ފުރާވަޑައިގަތުން މަނާކުރަން އަމުރެއް ނެރެން. އަޅުގަނޑު ސަރުކާރަށް ދަންނަވާލަން ބޭނުންވަނީ ތިޔަ ބޭފުޅުން ތިޔަ ހީކުރައްވާ ކަހަލަ ލީޑަރެއް ނޫނޭ ރައީސް ޔާމީންއަކީ. އެއަށްވުރެ މާ ސާބިތު ހިތްވަރުގަދަ ލީޑަރެކޭ ރައީސް ޔާމީނަކީ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ގައުމުން ފިއްލަވަން މަސައްކަތް ނުކުރައްވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވާ ކަމަށެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވިއިރު ގިނަ ދަތިތަކާއި ކުރިމަތިވެ، ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. ޕާޓީގެ ތެރޭގައި ބައިބައިވުން އުފައްދައި، ބަދަހި ލަޝްކަރު ރޫޅާލުމަށް ހަގީގަތާއި ހިލާފު ވާހަކަތައް ދައްކައި ފަތުރަމުން ގެންދިޔަ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ނަމަވެސް އެހުރިހާ ކަމެއް ނާކާމިޔާބު ވެގެންދިޔައީ ރައީސް ޔާމީންގެ ލަފާފުޅުގެ ދަށުން މަސައްކަތްތައް ކުރިއަށް ގެންދިއުމުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
33%
0%
33%
0%
0%
33%
ކޮމެންޓް
ގުޅުންހުރި
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އަޅުގަނޑުގެ އަތުގައި ހިފަން ރައީސް މުއިއްޒު ދެކޮޅު ހެއްދެވި ސަބަބު އެނގިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް: ޔާމީން
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީނަށް ހުކުމް ކުރުން މާދަމާ
ސިޔާސީ ގޮތުން އެންމެ ފަހުރުވެރިވެވަޑައިގަންނަވާ ބޭފުޅަކީ އަދުރޭ ކަމަށް ރައީސް ވިދާޅުވުމާއެކު އަދުރޭގެ ބަސްމޮށުންތެރިކަން ސޯޝަލް މީޑިއާއަށް ދޫކޮށްލައިފި
ވިދާޅުވާން ބޭނުންނުވެ، ޔާމީންގެ ތައުރީފު ރައީސް ސާލިހުގެ ސަރުކާރަށް
އަދުރޭއެވެ. ވެއްޓުނު ފަތުގެ މަތިން މިއަދު ހަނދުމަފުޅު ނެތް ނަމަވެސް ރައްޔިތުން ވޯޓު ދިނީ ޔާމީނުގެ ފިކުރަށެވެ. ވަކި "މުއިއްޒު ވީމައެއް" ނޫނެވެ!
މިއަދުގެ ސަރުކާރުން އެހައި ސާބިތުގޮތެއްގައި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތެއް ނުކުރޭ: ޔާމީން