ކ. މާލެ
|
1 އޯގަސްޓް 2021 | އާދީއްތަ 07:15
ރެންޑަމް ސާމްޕަލިންގ މަސައްކަތުގެ ތެރެއިން
ރެންޑަމް ސާމްޕަލިންގ މަސައްކަތުގެ ތެރެއިން
ރާއްޖެ އެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ހޮނިހިރު ދުވަހު އަތޮޅު ތެރެއިން ރިޕޯޓްކުރީ 82 ކޭސް، މާލެއިން 21 ކޭސް
 
ރިސޯޓްތަކުން 20 މީހަކު ޕޮޒިޓިވްވެފައިވޭ
 
މާލެ ސަރަހައްދުން ނަގާފައިވަނީ 1612 ސާމްޕަލް

އިތުރު 123 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހުކުރު ދުވަހުގެ ހަވީރު 6:00ން ހޮނިހިރު ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ނެގުނު 5024 ސާމްޕަލްގެ ތެރެއިން 123 މީހުން ޕޮޒިޓިވްވި އިރު، މީގެ ތެރެއިން މާލެ ސަރަހައްދުން ނަގާފައިވަނީ 1612 ސާމްޕަލެވެ. އަދި މާލެ ސަރަހައްދުން ޕޮޒިޓިވްވީ 21 މީހުންނެވެ. ރިސޯޓްތަކާއި އަތޮޅު ތެރޭގެ އެކި ރަށްތައް ހިމެނޭ ގޮތަށް ނެގި 3412 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 102 މީހެކެވެ. އެއީ މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 82 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވްވީ 20 މީހެކެވެ.

ހޮނިހިރު ދުވަހުގެ އަދަދުތަކާއެކު ރާއްޖެއިން މިހާތަނަށް 77،432 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މީގެ ތެރެއިން 74،598 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ހޮނިހިރު ދުވަހު 117 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ.

އެކްޓިވް ކޭސްގެ ގޮތުގައި 2601 ކޭސް ރިޕޯޓްކޮށްފައިވާ އިރު، މީގެ ތެރެއިން 16 މީހަކަށް ދަނީ ފެސިލިޓީތަކުގައި އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެއްވެސް މީހަކު ނެތެވެ. ނަމަވެސް ދަރުމަވަންތަ ހޮސްޕިޓަލުގައި 2 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް އައި އިރު މި ބަލީގައި 221 މީހަކު ވަނީ ނިޔާވެފައެވެ. އެންމެ ފަހުން މީހަކު ނިޔާވެގެން ރިޕޯޓްކޮށްފައިވަނީ ޖުލައި މަހުގެ 29 ވަނަ ދުވަހު ދުވާފަރުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް