ކ. މާލެ
|
16 މެއި 2017 | އަންގާރަ 13:38
އުތުރު ކޮރެއާ އިން ދަނީ އަސްކަރީ ބާރު ދެއްކުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުން
އުތުރު ކޮރެއާ އިން ދަނީ އަސްކަރީ ބާރު ދެއްކުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުން
ރޮއިޓަރސް
އުތުުރު ކޮރެއާ މައްސަލަ
އެންމެ ފަހުން އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓް ސެކިޔުރިޓީ ކައުންސިލުން ކުށްވެރިކޮށްފި
 
ސެކިޔުރިޓީ ކައުންސިލުން ވަނީ އުތުރު ކޮރެއާ އާ ދެކޮޅަށް ހަ ބާވަތެއްގެ ދަތިކުރުމުގެ ފިޔަވަޅު އަޅާފަ

އުތުރު ކޮރެއާ އިން އެންމެ ފަހުން ކުރި ނިއުކްލިއާ ޓެސްޓް، އދ. ގެ ސެކިޔުރިޓީ ކައުންސިލުން ކުށްވެރިކޮށް އަދި އާ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފިއެވެ.

ފަނަރަ މެމްބަރުން ހިމެނޭ ސެކިޔުރިޓީ ކައުންސިލުގެ އިއްތިފާގުން އުުތުރު ކޮރެއާގެ އެންމެ ފަހުގެ މިސައިލް ޓެސްޓް ކުށްވެރިކުރިއިރު، 15 ގައުމުން ވަނީ އިތުރު ޓެސްޓްތަކެއް ނުކުރުމަށް ވެސް އުތުރު ކޮރެއާ އަށް އިންޒާރުކޮށްފައެވެ.

 އުތުރު ކޮރެއާ އިން އެންމެ ފަހުން ތަޖުރިބާކުރި މިސައިލް ވަރަށް ކާމިޔާބު ކަމަށް އެގައުމުން ބުނެއެވެ. އަދި އެ މިސައިލަކީ ނިއުކްލިއަރ ވޯހެޑެއް އުފުލުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑއާއިން ބުނާ ގޮތުގައި އަލަށް ތަޖުރިބާކުރެވުނު ހުވާސޮން-12 މިސައިލްއަކީ އެމެރިކާއަށް ހަމަލާދެވޭނެ ފެންވަރުގެ މިސައިލެކެވެ. އަދި ޓެސްޓް ކުރި މިސައިލް 700 ކިލޯމީޓަރަށް ދަތުރު ކުރި އިރު މިސައިލް 2،000 ކިލޯމީޓަރު އުހަށް ދަތުރުކުރިއެވެ. އަދި މިސައިލް ވެއްޓުނީ ޖަޕާނުގެ ހުޅަނގު އޮންނަ ކަނޑަށެވެ.

އދ. ގެ ސެކިޔުރިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ "މި ވަގުތުން ވަގުތަށް ނިއުކްލިއާ ހަތިޔާރުން އުތުރު ކޮރެއާ ސަލާމަތް ކުރަން ޖެހޭ ކަމަށާއި އަދި އިޚްލާސްތެރި މަސައްކަތް މިކަމަށް ބޭނުންވާ ކަމަށެވެ."

ދެކޮރެއާ މައްސަލާގައި އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.  އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން ވެގެން އުުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަވަހާރަކޮށްލަން އުޅޭ ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ އިން ދާދި ފަހުން ވަނީ ބުނެފައެވެ.

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް