ކ. މާލެ
|
17 އޭޕްރިލް 2021 | ހޮނިހިރު 13:10
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިޙް
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިޙް
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޮލޮޖީ
އިންޓަރނެޓް އަގުހެޔޮ ކުރުމުގެ މަސައްކަތް
އަލީ ސާލިހު ވިދާޅުވީ އުރީދޫ އާޗާ ޕޯސްޓްޕެއިޑްގެ ވާހަކަ
 
ސަރުކާރުގެ ބައިވެރިވުމަކާ ނުލައި އިންޓަނެޓު ޕެކޭޖުތަކުގެ އަގު ދަށަށް ގޮސްފައިވާކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވި
 
މިނިސްޓަރ ފައްޔާޒްވަނީ އިންޓަނެޓުގެ އަގު ހެޔޮކުރަން ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން މުހިންމު ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވެފައި
 
އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ރައީސް ވެވަޑައިގެންނެވި ވައުދު ފުއްދާދެވިފައިވާކަމަށް އަލީ ސާލިހު ވަނީ ވިދާޅުވެފައި

ބަވަނަ ވެފައިވާ މިދުނިޔޭގައި ސްމާޓް ފޯންތަކަށް މުޅި ދުނިޔެ ބަރޯސާވެފައިވާއިރު، އިންޓަނެޓްގެ ބޭނުން ކުރަން ނުޖެހޭ އެކަކުވެސް ނެތޭ ދެންނެވުން ކުށަކަށް ނުވާނެއެވެ. މި ސަބަބަށްޓަކައި އިންޓަނެޓަކީ މިއަދު ފެނާއި ނަރުދަމާ އަދި ކަރަންޓު ފަދައިން އަސާސީ ޚިދުމަތަކަށް ވަނީވެފައެވެ. އެހެންނަމަވެސް، ރާއްޖޭގައި އިންޓަނެޓްގެ އަގާއި މެދު އޮންނަ ޝަކުވާއަކީ ގިނަ ދުވަސްވީ އަދި ދިގުލައިގެން ގޮސްފައިވާ ޝަކުވާއެކެވެ.

އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމާއި ހަވާލުވެވަޑައިގެން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ނަމުގައި ވަކި ވުޒާރާއެއް އުފައްދަވާ އިންޓަނެޓްގެ އަގު ހެޔޮކުރައްވާނެކަމަށް ވަޢުދުވެވަޑައިގަތް ފަހުން މި ޝަކުވާތަކަށް ހައްލު ލިބިގެންދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ވޭތެވި ދިޔަ ދެ އަހަރުގެ ތެރޭގައި އެކި ނަންނަމުގަޔާއި އެކި ސިފަ ސިފައިގައި މި ޚިދުމަތް ދިނުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ދިރާގާއި އުރީދޫ އަދި އާރްއޯއެލްއާއެކު ވަނީ ގިނަ މަޝްވަރާތަކެއް ކުރެވިފައެވެ.

މި މަޝްވަރާތަކުގެ ތަފްސީލު އާންމުންނަށް ތިލަކޮށްދިނުމަށް ޓެލެކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސާލިހު ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ދެއްކެވި ވާހަކަ މިވަނީ އާންމުންގެ ބޮޑު ސަމާލުކަމެއް ހޯދާފައެވެ. އެގޮތުން މި ޕްރޮގްރާމްގައި މިއަދު ފަސް ރުފިޔާ ބަޔަށް ޖީބީއެއް އެބަ ލިބޭކަމަށާއި މިނިސްޓްރީން މަސައްކަތް ފެށިއިރާއި، މިދިޔަ އަހަރާއި ހަމައަށްވެސް، އަދި މިއަހަރުގެ މި ރަމަޟާންމަސް ފެށުމުގެ ކުރިންވެސް މި އަގު ހުރީ 33 ރުފިޔާގައިކަމަށް ވިދާޅުވި ވިދާޅުވުމާއި ގުޅޭގޮތުން އާންމުން ދަނީ ޝުޢޫރު ފާޅުކުރަމުންނެވެ. މީގެ އިތުރުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދު ފުއްދާދެވިފައިވާކަމަށް ވިދާޅުވުމުންވެސް އާންމުން ވަނީ މިކަމުގައި ޝުޢޫރު ފާޅުކޮށްފައެވެ. އެގޮތުން ސްޓޭޓް މިނިސްޓަރ އެ ވިދާޅުވާ އަގުގައި އިންޓަނެޓްގެ ޚިދުމަތް ލިބެނީ ކޮން ސަރވިސް ޕްރޮވައިޑަރަކުންތޯއާއި، ފަސް ރުފިޔާ ބަޔަށް ޖީބީއެއް ޖެހޭގޮތުގެ އެކި ކަހަލަ ކަލްކިއުލޭޝަންތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުކޮށްފައެވެ.

ކޮންމެއަކަސް، މިކަމުގައި ސްޓޭޓް މިނިސްޓަރގެ ހިސާބުތައް ގެންނެވިގޮތް އެމަނިކުފާނުގެ ޓުވީޓަރގައި މިވަނީ ހާމަކުރައްވާފައެވެ. އެގޮތުން އުރީދޫގެ ޕޯސްޓް ޕެއިޑް އާޗާ ޕެކޭޖްތަކުގެ އިޝްތިހާރާއެކު ކުރެއްވި ޓުވީޓްގައި މިކަން ވަނީ ތަފްސީލުކޮށްދެއްވާފައެވެ. އެގޮތުން އުރީދޫއިން ރޯދަމަހާއި ގުޅުވައިގެން ތައާރަފުކުރި ޕޯސްޓް ޕެއިޑް އާޗާ ޕެކޭޖްގައި 1000 ރުފިޔާއަށް 180 ޖީބީ ލިބޭކަމަށް ވިދާޅުވިއެވެ. މި ހިސާބުތަކުން ބަލާނަމަ ޖީބީއެއް ފަސް ރުފިޔާ ބަޔަށް ލިބޭކަމަށް ވިދާޅުވާ ވިދާޅުވުން ސާބިތުވާކަމަށް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރގެ ހިސާބުތައް ދިމާކޮށް ކުރި ޓުވީޓްގައި ހިމަނާފައިވާ އާޗާ ޕެކޭޖަށް ބަލާލަމާ ހިނގާހެއްޔެވެ. އާދޭހެވެ. މި ޕެކޭޖްގެ އެންމެ އަގު ބޮޑު ޕެކޭޖްގައި 1000 ރުފިޔާއަށް 180 ޖީބީ ލިބޭކަމަށް ވަނީ ބުނެފައެވެ. އެހެނަސް، އެއީ ޝަރުތުތަކަކާއެކުއެވެ. ދުވާލެއްގެ މައްޗަށް ބޭނުންކުރެވެނީ ރެގިއުލަރ 3 ޖީބީއާއި ސޯޝަލް މީޑިއާގެ 3 ޖީބީއާއެވެ. މި ޝަރުތުތައް މިހެން ހުރުމުންވެސް ބައެއް މީހުންގެ ޝަކުވާތައް އެބަހުއްޓެވެ.

ސްޓޭޓް މިނިސްޓަރގެ ބަސްމަގު މިހެން ހުރި އިރު، މިހާރު ޓެލެކޮމް މިނިސްޓްރީއާއި ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ ބަސްމަގު ކޮންމެވެސް ވަރަކަށް ތަފާތެވެ. މިނިސްޓަރ ފައްޔާޒު ވިދާޅުވާގޮތުން ނަމަ އިންޓަނެޓްގެ އަގު ހެޔޮކޮށް ރައީސްގެ ވައދު ފުއްދިފައެއް ނުވެއެވެ. އިންޓަނެޓުގެ އަގު ހެޔޮކުރަން ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން މުހިންމު ބަދަލުތަކެއް ގެންނަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ. ފާޑުކިޔުންތައް އަމާޒުވަމުން ދަނިކޮށް މިނިސްޓަރ ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ ބައިވެރިވުމަކާ ނުލައި އިންޓަނެޓު ޕެކޭޖުތަކުގެ އަގު ދަށަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެއީ އެހާ ބޮޑުވަރެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން މިކަމަށް އޮތް ހައްލަކީ ފެއާ ޔޫސޭޖް ޕްރައިސްއަށް ބަދަލު ގެނައުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެކަމާ ގުޅޭ ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
18 އޭޕްރިލް 2021 | އާދީއްތަ 00:02
އާދަނު
އިންޓަނެޓް ފުރަތަމަ އަގުހެޔޮކުރަން ޖެހެނީ ސަރުކާރު ހިއްސާ އޮތް ދިރާގުން އުރީދޫއިން ތާރަފް ކުރި ޕެކޭޖަކީ ސަރުކާރުގެ ވައުދާ ގުޅުން ހުރި އެއްޗެއްނޫން
17 އޭޕްރިލް 2021 | ހޮނިހިރު 23:32
ކިނބޫ
ކެކެކެ ހުވާ މިބުނީ ބަލާވެރިކަމެއް ޖެހިފަ ތިބި ބައިގަނޑެއް. މިފަދަ ރޯދަމަހުވެސް ނުބައި އެއްޗިހި ކިޔުއްވަން އުޅޭ ބައެއް.
17 އޭޕްރިލް 2021 | ހޮނިހިރު 16:17
އެންދެމޭ ބޭބޭ
އަލީ ސާލިހު ވިދާޅުވީ މޮހޮދަރާ ޗަފޫޗަރާއޭ
17 އޭޕްރިލް 2021 | ހޮނިހިރު 15:43
ޢަހްމަދު
މީ ރޯދަމަހު ކޮއްލާވަރު ކާމަހު ކިޙާ ދޮގެއްހަދާނެ