ކ. މާލެ
|
14 އޭޕްރިލް 2021 | ބުދަ 16:22
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ލޯކަލްކައުންސިލް އިންތިޚާބުގެ ޝަކުވާ ހުށަހެޅުން
ހަ ވޯޓު ފޮއްޓެއް އަލުން ގުނުމަށް އެމްޑީޕީން ހުށަހަޅައިފި
 
މާލޭ ސިޓީގެ ޖުމްލަ ހަ ދާއިރާއެއްގެ ވޯޓުފޮށި އަލުން ގުނުމަށް އެމްޑީޕީން އެދިފައިވޭ
 
އިންތިޚާބު ކާމިޔާބުކުރި ކެންޑިޑޭޓާއި އެމްޑީޕީގެ ކެންޑިޑޭޓާ ދެމެދު ހުރި ވޯޓުގެ ފަރަގަށްވުރެ ބާތިލު ވޯޓުގެ އަދަދު އިތުރު
 
މިފަހަރުގެ އިންތިޚާބުގައި އާދަޔާ ޚިލާފަށް ބާތިލު ވޯޓު ގިނަކަން ހަސަން ލަތީފް ފާހަގަކުރެއްވި

ލޯކަލްކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ގުޅިގެން، ހަ ވޯޓު ފޮއްޓެއްގެ މައްސަލަ އެމްޑީޕީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވާކަމަށް، ޕާޓީގެ ޗެއާ ޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އޮފީހުގައި ބުދަ ދުވަހުގެ މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، މާލޭ ސިޓީގެ ޖުމްލަ ހަ ދާއިރާއެއްގެ ވޯޓުފޮށި އަލުން ގުނުމަށް މިހާރު ހުށަހަޅާފައި ވާކަމަށެވެ.

އެމްޑީޕީން ޝަކުވާ ހުށަހެޅި ފޮށިތަކުގެ ތެރޭގައި ހިމެނެނީ، T03   (މެދުހެންވޭރު ދާއިރާ)، T04  (ހެންވޭރު ދެކުނު ދާއިރާ) ، T05  (ހެންވޭރު ހުޅަނދު ދާއިރާ) ، T10 (މައްޗަންގޯޅި އުތުރު ދާއިރާ)، T14  (މާފަންނު އުތުރު ދާއިރާ) ، T16 (މާފަންނު ހުޅަނގު ދާއިރާ) އެވެ.

އެ ފޮށިތަކުގެ އިތުރުން، ބާތިލް ވޯޓާއި ގުޅޭ ގޮތުން ދިރާސާތަކެއްކޮށް ޖުމްލަ ހުށަހެޅުމެއް ހުށަހަޅާފައި ވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެގޮތުން، އިންތިޚާބު ކާމިޔާބުކުރި ކެންޑިޑޭޓާއި އެމްޑީޕީގެ ކެންޑިޑޭޓާ ދެމެދު ހުރި ވޯޓުގެ ފަރަގަށް ވުރެ، ބާތިލު ވޯޓުގެ އަދަދު އިތުރުކަން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވިއެެވެ.

އަޅުގަނޑު މި ދަންނަވާ ވާހަކައަކީ، އޭގެ އެންމެ ބޮޑު އެއްކަމެއް ކަމަށް ފާހަގަ ކުރެވޭނީ، މޮޅުވި ކެނޑިޑޭޓަށް، އެއީ މިހާތަނަށް ވޯޓުގެ ނަތީޖާއިން، އެންމެ މަތީގަ އޮތް ކެނޑިޑޭޓަށް، ލިބިފަ އޮތް ވޯޓާއި އެމްޑީޕީގެ ކެނޑިޑޭޓަށް ލިބިފަ އޮތް ވޯޓާއި އެދެމެދުގަ ހުރި ތަފާތަށްވުރެ، އެފަރަގަށްވުރެ ބާތިލް ވޯޓު އެތައް ގުނައަކުން އިތުރުވެފައި ހުރިތަން އަޅުގަނޑުމެންނަށް އެބަފެނޭ
އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފް

ފާއިތުވި އަހަރުތަކުގެ އިންތިޚާބުތަކާއި މި އިންތިޚާބުގެ ބާތިލް ވޯޓުގެ ބައެއް ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވައި ހަސަން ލަތީފް ވިދާޅުވީ، މިއަހަރުގެ އިންތިޚާބުގައި އާދަޔާ ޚިލާފަށް ބާތިލް ވޯޓު ނިސްބަތުން އިތުރުވެފައި ވާކަމަށެވެ. އަދި ގިނަ ވޯޓުތަކެއް ވޯޓު ކަރުދާހުގައި ހުރިއިރު، ކެންޑިޑޭޓްގެ ހައްގު ގެއްލޭގޮތަށް، މުޅި ކަރުދާސް ބާތިލު ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

ނިމިދިޔަ އިންތިޚާބުގެ ވޯޓުލުން ޖުމްލަގޮތެއްގައި އަމާންކޮށް ކުރިއަށްދިޔަ ކަމުގައި ވިޔަސް، އިންތިޚާބުގެ ގިނަ މައްސަލަތަކެއް ވާދަވެރި ސިޔާސީ ޕާޓީތަކުން ފާހަގަކޮށްފައި ވެއެވެ. ހަމައެހެންމެ، އިންތިޚާބުގެ ނަތީޖާ ޝީޓްތަކެއްގެ މައްސަލަ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން އަންގާރަދުވަހު ކުރި މަސައްކަތަށް ހުރަސްއެޅޭނެހެން އިދިކޮޅު ޕީޕީއެމުން ހަމަނުޖެހުމެއްވެސް ހިންގާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މިއީ އިސްތިއުފާ ދޭންޖެހޭ ވަގުތުކަމަށް ގަބޫލެއް ނުކުރަން: ފައްޔާޒު
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
އެދެނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުން - އެމްޑީޕީ