ކ. މާލެ
|
11 އޭޕްރިލް 2021 | އާދީއްތަ 07:23
ހުޅުމާލެ ދާއިރާގެ ކައުންސިލް ގޮނޑި ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓް ޝުޖާ
ހުޅުމާލެ ދާއިރާގެ ކައުންސިލް ގޮނޑި ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓް ޝުޖާ
ރާއްޖެއެމްވީ
ލޯކަލް ކައުންސިލް އިންތިޚާބު: ހުޅުމާލެ ގޮނޑި
ހުޅުމާލޭގެ ފުރަތަމަ ކައުންސިލަރަކަށް ޝުޖާއު
 
މާލެ ސިޓީގެ 12 ގޮނޑިއެއް މިހާތަނަށް އިދިކޮޅުން ވަނީ ކަށަވަރު ކޮށްފައި

މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ފުރަތަމަ ގޮނޑި ބާރަށު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އިބްރާހީމް ޝުޖާއު ކަށަވަރު ކުރައްވައިފިއެވެ.

މިހާތަނަށް ފެންނަން ހުރި ނަތީޖާއަށް ބަލާއިރު ހުޅުމާލޭގެ ގޮނޑި ޝުޖާއު ކަށަވަރުކުރެއްވީ ބޮޑު ތަފާތަކުންނެވެ. ޝުޖާއުގެ އިތުރުން މާލެ ސިޓީގެ މޭޔަރުގެ ގޮނޑިވެސް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ ކަށަވަރުކޮށްފައެވެ.

މިހާތަނަށް އިދިކޮޅުން ކަށަވަރުކޮށްފައިވާ ގޮނޑިތަކުގެތެރޭގައި މޭޔަރުކަމުގެ އިތުރުން،

- ހުޅުމާލެ ދާއިރާ އިބްރާހިމް ޝުޖާއު،

- މާފަންނު މެދު ދާއިރާ އަހުމަދު ނަރީޝް،

- މާފަންނު ހުޅަނގު ދާއިރާ އިބްރާހިމް އަބޫބަކުރު،

- މާފަންނު ދެކުނު ދާއިރާ އަބްދުﷲ ނާސިރު

- މައްޗަންގޮޅި ދެކުނު ދާއިރާ އައިޝަތު ނާޒިމާ

- މައްޗަންގޮޅި އުތުރު ދާއިރާ ސައީދާ ރަޝާދު

- ހެންވޭރު ދެކުނު ދާއިރާ ފާތިމަތު ޝަމްނާޒް އަލީ ސަލީމް

- ހެންވޭރު ހުޅަނގު ދާއިރާ އަހުމަދު އައިފާން

- މެދު ހެންވޭރު ދާއިރާ އާދަމް ރަމީޒު

- ގަލޮޅު ދެކުނު ދާއިރާ އިބްރާހިމް މުހައްމަދު

- ވިލިމާލެ ދާއިރާ ނަހުލާ އަލީ އެވެ.

މިއާއެކު މާލެ ސިޓީގެ މެޖޯރިޓީ އިދިކޮޅުން ވަނީ ކަށަވަރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
7%
60%
0%
27%
7%
0%
ކޮމެންޓް