ކ. މާލެ
|
11 އޭޕްރިލް 2021 | އާދީއްތަ 11:00
ފައްޔާޒް އިސްމާއީލް- އިކޮނޮމިކް މިނިސްޓަރ
ފައްޔާޒް އިސްމާއީލް- އިކޮނޮމިކް މިނިސްޓަރ
ރައްޔިތުންގެ މަޖިލިސް
ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ
ޕާޓީތެރޭގައި ބައިބައިވުން އޮތުމަކީ ނާކާމިޔާބީގެ އެއް ސަބަބު - ފައްޔާޒު
 
ސަރުކާރާ ދޭތެރޭ އޮތް ހިތްހަމަނުޖެހުމާއި އުއްމީދުތައް އުސްވުމަކީވެސް ސަބަބު

ޕާޓީތެރޭގައި ބައިބައިވުން އެބައޮތްކަމަށާއި މާލެ ސިޓީން އެމްޑީޕީއަށް ކުރިމަތިލާން ޖެހުނު ނާކާމިޔާބީގެ އެއްސިއްރަކީ އެއީ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް ވިދާޅުވީ ސަރުކާރާ ދޭތެރޭ އޮތް ހިތްހަމަނުޖެހުމާއި ރައްޔިތުންގެ އުއްމީދުތައް މާ އުހުގައި ހުރުމަކީވެސް ސަބަބު ކަމުގައެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި މިހާތަނަށް ލިބުނު ނަތީޖާއަށް ބަލާއިރު އެމްޑީޕީ އަށް މާލެ ސިޓީގެ މޭޔަރުކަމާއި ކައުންސިލްގެ މެޖޯރިޓީ ވަނީ ގެއްލިފައެވެ. މިކަމަށް އިޝާރާތް ކުރައްވަމުން ފައްޔާޒު ވިދާޅުވީ ނާކާމިޔާބީ ގަބޫލުކޮށް މިކަމުން ފިލާވަޅު ލިބިގަނެ ކުރިއަށްވުރެ ރަގަޅަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މާލޭގެ މޭޔަރު ކަމާއި ކައުންސިލްގެ މެޖޯރިޓީ ގެއްލުނު ނަމަވެސް މި އިންތިޚާބަކީ ރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ފައްޔާޒު ސިފަކުރެއްވިއެވެ.

މިހާތަނަށް ލިބުނު ނަތީޖާއަށް ބަލާއިރު މާލޭގެ 12 ގޮނޑި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ ކަށަވަރުކޮށްފައެވެ. މިއީ މާލޭ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
25%
50%
0%
25%
0%
ކޮމެންޓް
11 އޭޕްރިލް 2021 | އާދީއްތަ 12:06
މާލޭ މީހާ
އެހެންވީމާ ތިބޭފުޅުން ބޭނުންގޮތަށްވީ ނޫންތޯ، ޕާޓީތެރޭގައި ބައިބައިވުން އުފައްދާމީހުން މިވާހަކަދައްކަން ރީއްޗެއްނޫން ދެއްތޯ.