ކ. މާލެ
|
1 އޭޕްރިލް 2021 | ބުރާސްފަތި 13:05
މި ޚިދުމަތާއެކު މަކުނުދޫ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނޭ
މި ޚިދުމަތާއެކު މަކުނުދޫ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނޭ
އުރީދޫ
އުރީދޫ ސުޕަރނެޓްގެ ޚިދުމަތް
އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ހދ. މަކުނުދޫއަށް!
 
އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫން ދަނީ މަސައްކަތް ކުރަމުން
 
ފުރިހަމަ ޑިޖިޓަލް ރާއްޖެއެއް ބިނާކުރެވޭނީ ހުރިހާ ހިސާބަކަށް ވެސް ފެންވަރު ރަނގަޅު އިންޓަނެޓެއް ފޯރުކޮށްދެވިގެން
 
ސުޕަރނެޓްގެ ޚިދުމަތް މަކުނުދޫން ގަންނަ ފުރަތަމަ 20 މީހަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް ލިބޭނެ

ހދ. މަކުނުދޫއަށް 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނީ ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަރނެޓްގެ ޚިދުމަތް މަކުނުދޫއިން ގަންނަ ފުރަތަމަ 20 މީހަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް ލިބޭނެ ކަމަށެވެ.

މިޚިދުމަތާއި ގުޅޭ ގޮތުން އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ ފުރިހަމަ ޑިޖިޓަލް ރާއްޖެއެއް ބިނާކުރެވޭނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފެންވަރު ރަނގަޅު ކޮލިޓީ އިންޓަނެޓެއް ފޯރުކޮށްދެވިގެން ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމަށް މިކުރާ މަސައްކަތުގެ ތެރެއިން މިއަދު އަޅުގަޑުމެން މިވަނީ އުރީދޫ ހޯމް ބްރޯޑްބޭންޑް ސުޕަރނެޓްގެ ޚިދުމަތް ހދ. މަކުނުދޫ އަށް ތައާރަފްކޮށްފަ. 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއެކު ބޮޑެތި ޑޭޓާ އެލަވަންސް ހެޔޮ އަގުގައި މިހާރު މަކުނުދޫގެ ރައްޔިތުންނަށް ލިބި އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ. އަޅުގަޑުމެންގެ މަގުސަދަކީ ރާއްޖޭގެ މުޖުތަމައުތައް ގުޅުވާލަދީ އިތުރު ފުރުސަތުތަކާއެކު އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުން ފަހިކޮށްދިނުން.
އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު 68 އިންސައްތަ އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސ ލިބިގެންދެއެވެ. އެގޮތުން މަކުނުދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް