ކ. މާލެ
|
13 މާރޗް 2021 | ހޮނިހިރު 22:47
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތުގައި ވާހަކަ ދައްކަވަނީ
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތުގައި ވާހަކަ ދައްކަވަނީ
ފޮރިން މިނިސްޓްރީ
ރާއްޖެ އިންޑިއާ ގުޅުން
ސަރަހައްދުގެ ހަމަޖެހުމަުގައި އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުމަކީ މުހިއްމު ދައުރެއް އަދާކުރާކަމެއް: ޝާހިދު
 
މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތުގައި ދެއްކެވި ވާހަކަފުޅުގަ
 
ޑިމޮކްރެޓިކް ސުލްހައާއި ހަމަހަމަކަން ގާއިމުވުމުން މި ސަރަހައްދުގެ ގައުމުތަކަށް ލިބުނު ކުރިއެރުމާއި ތަރައްގީ ފާހަގަކޮށްފައިވޭ
 
ޖިއޮގްރަފިކަލް ގޮތުން އޮންނަ ތަނުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގައި ދިވެހިރާއްޖެއަކީ އަގުނުކުރެވޭނެފަދަ ބައިވެރިއެއް

ސަރަހައްދުގެ ހަމަޖެހުމަުގައި އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުމަކީ މުހިއްމު ދައުރެއް އަދާކުރާކަމެއް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތުގައި ދެއްކެވި ވާހަކައިގައެވެ. މިނިސްޓަރ ޝާހިދުގެ ވާހަކައިގައި ޖިއޮގްރަފިކަލް ގޮތުން ރާއްޖެ އޮންނަ ތަނުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގައި ދިވެހިރާއްޖެއަކީ އަގުނުކުރެވޭނެފަދަ ބައިވެރިއެއްކަމަށާއި ސަރަހައްދުގެ ހަމަޖެހުމުގައި އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުން މުހިއްމު ދައުރެއް އަދާކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރަށް މުސްތަގުބަލުގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް އަންނަން އޮތް ތަރައްގީއަށް އަލިއަޅުވާލައި، ޑިމޮކްރެޓިކް ސުލްހައާއި ހަމަހަމަކަން ގާއިމުވުމުން މި ސަރަހައްދުގެ ގައުމުތަކަށް ލިބުނު ކުރިއެރުމާއި ތަރައްގީ މިނިސްޓަަރ ފާހަގަ ކުރެއްވިއެވެ. އަދި މިނިސްޓަރ ޝާހިދު ވަނީ ސަރަހައްދުގެ ތަރައްގީއާއި ކުރިއެރުމާއި އަދި ސުލްހައާއި ރައްކާތެރިކަމުގެ އިތުރުން، ސަރަހައްދުގެ ގައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި އިންޑިއާގެ މުހިއްމު ދައުރާއި އިންޑިއާގެ އިސްނެގުން ފާހަގަ ކުރައްވާފައެވެ.

މި އަހަރު ޗެންނާއީގައި ބޭއްވެނީ މިކޮންކްލޭވްގެ ހަތަރުވަނަ އެޑިޝަންއެވެ. މިބައްދަލުވުމުގައި އެކިއެކި ދާއިރާތަކުން ބޭފުޅުން ވާހަކަ ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ. މައިގަނޑު ގޮތެއްގައި މިބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ސޯޝިއޯ-ޕޮލިޓިކަލް ގޮތުން ސަރަހައްދަށް އަންނަ ތަރައްގީއާއި ކުރިއެރުމާއި ގުޅޭގޮތުންނެވެ. މި ކޮންކްލޭވް އިންތިޒާމްކުރަނީ އިންޑިއާގެ މީޑިއާއެއްކަމަށްވާ އިންޑިއާ ޓުޑޭ އިންނެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި މިބައްދަލުވުމުގައި "ނެއިބަރހޫޑް ނެވިގޭޝަން: ދަ ކޮމޮން ވޯޓާރސް: އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް" ނަމުގައި ބޭއްވި ސެޝަންގައި މިނިސްޓަރ ޝާހިދުގެ އިތުރުން ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ (ވަރޗުއަލްކޮށް) އަދި އިންޑިއާ ފައުންޑޭޝަންގެ ބޯރޑް އޮފް ގަވަރނާސްގެ މެމްބަރު ރާމް މަދަވް ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ވިސާއާ ނުލައި ދިވެހިންނަށް މޮންގޯލިއާއަށް ދަތުރުކުރެވޭ ގޮތް ހަދައިފި
ނިއު ދިއްލީގައި ހުންނަވާ ދިވެހި ސަފީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފި
ޑިޕްލޮމެސީއެއް، އަޚްލާގެއް ނެތް ވެރިންތަކެއްގެ ސަބަބުން އަގު ވެއްޓުނީ ގައުމުގެ، ހުރިހާ ގެއްލުމެއް ދިވެހީންނަށް!
ރާއްޖޭގެ ފޮރިން ޕޮލިސީ ދިގު މުއްދަތަށް ކަނޑައަޅަންޖެހޭ: މެންބަރު ޔާސިރު
ފުރަތަމަ ފަހަރަށް ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކޮށްފި
ރާއްޖޭގައި ތިބެގެން ފްރާންސް، ސްޕެއިން އަދި ޕޯޗުގަލްގެ ޝެންގެން ވިސާ ނެގޭ ގޮތް ހަދައިފި
ކުރިން އޮތް ޙާލަތު ބަދަލުކޮށް، ބައިނަލްއަޤުވާމީ މުޖުތަމައުގައި ރާއްޖެއަށް ޙައްޤު މަޤާމު ހޯދައިދެވިއްޖެ: ރައީސް
ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ ހާއްސަ މަންދޫބު ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ގޮވާލައްވައިފި