raajjemv logo
ކުދިންނާ ގުޅޭގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަތައް ދެއ
އަމާންވެއްޓަށް ބަދަލުކުރި ކުދިންނާ ގުޅޭގޮތުން ދެކެވޭ ޙަޤީޤަތާއި ޚިލާފު ވާހަކަތަކުގެ ނޭދެވޭ އަސަރު އެކުދިންނަށް ފޯރާ: ޖެންޑަރ މިނިސްޓްރީ
 
އެ ކުދިން މުޖުތަމަޢުއަށް ރުޖޫއަކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ޤަބޫލުކުރަން ޖެހޭ
ސިމާހާ ނަސީމް
12,357
ކ. މާލެ |
23 ފެބްރުއަރީ 2021 | އަންގާރަ 13:36
އަމާން ވެއްޓަށް ބަދަލުކުރި ބައެއް ކުދިން
މިނިސްޓްރީ އޮފް ޖެންޑާ

އަމާންވެއްޓަށް ބަދަލުކުރި ކުދިންނާ ގުޅޭގޮތުން ޙަޤީޤަތާއި ޚިލާފު ވާހަކަތަކުގެ ނޭދެވޭ އަސަރު އެކުދިންނަށް ފޯރާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

އަންގާރަ ދުވަހު ޖެންޑަރ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ޢާއިލީ ވެއްޓެއްގައި ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ޙާލަތްތަކުގައި އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމުވާ ކަމަށެވެ. އެ ގޮތުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ މި ފަދަ ކުދިން މި ފާއިތުވެދިޔަ މުއްދަތުތަކުގައި ދިރިއުޅެމުންދިޔައީ މާލޭ ސަރަޙައްދުގައި ޤައިމުކުރެވިފައިވާ ދެ މަރުކަޒެއްގައެވެ. އެހެން ނަމަވެސް، ދައުލަތުގެ ބެލުމުގެދަށުގައި ދިރިއުޅޭ ކުދިން ވެސް ބާކީވުމުގެ އިހުސާސްވިޔަ ނުދީ، އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމަޢުގެ ތެރޭގައި ހެދިބޮޑުވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އަތޮޅުތެރޭގައި އެ ކަމަށް ޚާއްޞަކުރެވިގެން ޤާއިމުކުރެވޭ "އަމާން ވެށި"ތަކަށް ބަދަލުކުރުމުގެ މަސައްކަތް މި މިނިސްޓްރީން ފަށައިފައިވާ ކަމަށެވެ. އަދި މިފަދަ މަސައްކަތެއް މިހާ ފުޅާ ދާއިރާއެއްގައި ކުރެވެމުންދާއިރު، އެ މަސައްކަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަން ޙައްލުކުރުމުގައި ގުޅުންހުރި ފަރާތްތަކާއެކު މި މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށާއި އެހެން ނަމަވެސް، އެ ފަދަ ގޮންޖެހުންތަކަށް ރިޢާޔަތްކުރުމެއްނެތި ބައެއް ފަރާތްތަކުން ދައްކާ ޙަޤީޤަތާއި ޚިލާފު ވާހަކަތަކުގެ ނޭދެވޭ އަސަރު، އެ ކުދިންނަށް ފޯރާ ޙާލަތްތައް އަންނަ ކަަމަށް މިނިސްޓްރީން ބުންޏެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނުގެ 10ވަނަ މާއްދާ "އަޅައިލުމާއި ޙިމާޔަތް ލިބުން"ގެ (ހ) އަދި އެ ޤާނޫނުގެ 33ވަނަ މާއްދާ "ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މަޢުލޫމާތު ޢާންމުނުކުރުން"ގެ (ހ)އާ ޚިލާފަށް، ބައެއް ފަރާތްތަކުން މަޢުލޫމާތު ފަތުރާކަމީ އެ މިނިސްޓްރީން ކަންބޮޑުވާ ކަމެއްކަން ފާހަގަކޮށް ބުނީ އެކަމުގެ ސަބަބުން، އެ ކުދިންނާ ގުޅޭ ގޮތުން ޙަޤީޤަތާއި ޚިލާފު ވާހަކަ މުޖުތަމަޢުގެ ތެރޭގައި ފެތުރުމާއި، އެ ކުދިންނާމެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހޭ ފަދަ ޝުޢޫރު ފާޅުކުރެވިގެންދާ ޙާލަތްތައް އަންނަ ކަމަށެވެ. އެފަދަ ބައެއް ހާދިސާތައް މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެވިފައިވާ ކަމަށެވެ.

ހަޔާތުގައި ކުރިމަތިވެފައިވާ ބައެއް ހާދިސާތަކާއި ޙާލަތްތަކުގެ ސަބަބުން އެ ފަދަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެ ކުދިން މުޖުތަމަޢުއަށް ރުޖޫޢަކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ޤަބޫލުކުރަން ޖެހޭ ކަމަށާއި މިފަދަ ގޮންޖެހުތައް ޙައްލުކުރުމުގައި، ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ދައުރުގެ އިތުރުން މުޅި މުޖުތަމަޢުގެ ޒިންމާތަކެއް ވާކަމަށް ޖެންޑަރ މިނިސްޓްރީން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
6%
އަންތަރީސް ވެއްޖެ
6%
އުފާ ވެއްޖެ
12%
ދެރަ ވެއްޖެ
53%
ރުޅި ގަދަ ވެއްޖެ
18%
މޮޔަވެއްޖެ
6%
ލިޔުން ރަނގަޅު
ކޮމެންޓް