ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 12:11
އަލީ އަޝްފާގު (ދަގަނޑޭ) މީގެ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅުނު ދުވަސްވަރު
އަލީ އަޝްފާގު (ދަގަނޑޭ) މީގެ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅުނު ދުވަސްވަރު
މިހާރު
އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖް
އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖް: ފައިނަލުގެ ވޯޓުލުން ފެށިގެން ކުރިއަށް
 
ވޯޓުލުން ކުރިއަށްދާނީ އާދިއްތަ ދުވަހު ރާއްޖެ ގަޑިން މެންދުރުފަހު 01:00 ގެ ނިޔަލަށް
 
ފައިނަލުގައި ދަގަނޑޭ ވާދަކުރާނީ ހޮންކޮންގުގެ ޗޭން ސިއު ކީއާ

އޭއެފްސީ ކަޕުގައި ޖަހާފައިވާ ފާހަގަކޮށްލެވޭ ލަނޑުތަކުގެ މެދުގައި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ކުރިއަށްގެންދާ އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ފައިނަލުގެ ވޯޓުލުން ފަށައިފިއެވެ.

މި ޗެލެންޖުގެ ފައިނަލުގައި ވާދަކުރަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ހޮންކޮންގުގެ ސައުތު ޗައިނާ ކުލަބަށް ކުޅެމުން އަންނަ ޗޭން ސިއު ކީއެވެ.

އޭއެފްސީ ކަޕުގައި ޖަހާފައިވާ އެންމެ ރީތި ލަނޑުތަކުގެ މެދުގައި ކުރިއަށްދާ މި ޗެލެންޖުގައި ދަގަނޑޭގެ ލަނޑުތަކުގެ ތެރެއިން ހޮވާފައިވަނީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 ން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހައިދިން ރީތި ހިތްގައުމު ސޯލޯ ލަނޑެވެ. އެ ލަނޑު ވަނީ މީގެ ކުރިން އޭއެފްސީން ހޮވި އެންމެ މޮޅު ސޯލޯ ލަނޑަށްވެސް ހޮވިފައެވެ. އެ ލަނޑު އޭނާ ޖަހާފައިވަނީ ޕާސިބޯގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލްކީޕަރު ދެ ކޮޅަށް ތަޅުވާލުމަށްފަހުއެވެ.

ބުދަ ދުވަހު ހެނދުނު ފައިނަލުގެ ވޯޓުލުން ފެށިއިރު، ވޯޓުލުން ކުރިއަށްދާނީ އާދިއްތަ ދުވަހު ރާއްޖެ ގަޑިން މެންދުރުފަހު 01:00 ގެ ނިޔަލަށެވެ.

ބްރެކެޓް ޗެލެންކް ފެށި ފަހުން ދަގަނޑޭ ވަނީ ކުވެއިތު އެސްސީގެ ރޮޖެރީނިއޯ އާއި، ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ ސޮހޭލް ރާނާގެ އިތުރުން ކުއާޓާފައިނަލުގައި ހަނޯއިގެ ގުޔެން ވެން ޔުޔެޓް އަދި ސެމީފައިނަލުގައި ވިއެޓްނާމްގެ ހަނޯއީގެ ގުޔެން ހުއާންގެ މައްޗަށް ކުރިހޯދާފައެވެ. އެކަމަކު އެންމެ ފަހުން ކުރިއަށްދިޔަ ދެ ބުރުންވެސް ދަގަނޑޭ ކުރި ހޯދާފައިވަނީ ވަރަށް ވާދަވެރިކޮށެވެ.

އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ވޯޓުލުން ކުރިއަށްދާއިރު، ސޯޝަލް މީޑިއާގައި ދިވެހިން އަންނަނީ ދަގަނޑޭއަށް ވޯޓު ހޯދުމަށް ބޮޑު ކެމްޕެއިނެއް ހިންގަމުންނެވެ. އެގޮތުން ދަގަނޑޭއަށް ވޯޓު ހޯދުމަށް ދިވެހިން ވަނީ "ޓީމް އަޝްފާގު" ގެ ނަމުގައި ކޮމިއުނިޓީ ވައިބާ ގްރޫޕެއްވެސް ހަދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
71%
29%
0%
0%
0%
0%
ކޮމެންޓް
26 ނޮވެންބަރ 2020 | ބުރާސްފަތި 14:52
ށިޒަަަަަަން
ީ love ަashfaް 💞🎂💖😍💕😚I