ކ. މާލެ
|
7 ނޮވެންބަރ 2020 | ހޮނިހިރު 13:37
ކޮވިޑް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ގިނަ
ކޮވިޑް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ގިނަ
އޭޕީ
ކޮވިޑް-19 އެންމެ ފަހުގެ މައުލޫމާތު
ކޮވިޑް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު 35 މިލިއަނުން މައްޗަށް!
 
ދެވަނައަށް މިބަލިން އެންމެ ގިނަ މީހުން ރަނގަޅު ވެފައިވަނީ އެމެރިކާއިން
 
މިހާތަނަށް އެންމެ ގިނަ މީހުން ރަނގަޅު ވެފައިވަނީ އިންޑިޔާއިން
 
ކޮވިޑް-19 އިން ރަނގަޅުވީ މީހުންގެ އަދަދު 35،251،123 މިލިއަނަށް

ހަލުވި މިނެއްގައި މުޅި ދުނިޔެއަށް ކޮވިޑް-19 ފެތުރެމުންދާ އެބަލިން ފަސޭހަވި މީހުންގެ އަދަދު 35.2 މިލިއަނަށް އަރައިފިއެވެ.

ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދު 35،251،123 (ތިރީސް ފަސް މިލިއަން ދެލައްކަ ފަންސާސް އެއްހާސް އެއްސަތޭކަ ތޭވީހަ)ށް އަރާފައި މިވަނީ އިތުރު ގިނަ އަދަދެއްގެ ބަޔަކު އިއްޔެވެސް މި ބަލިން ރަނގަޅުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވަނިކޮށެވެ. އެގޮތުން ކޮވިޑް-19 ރަނގަޅުވި މީހުންގެ އަދަދު 34 މިލިއަނުން 35 މިލިއަނަށް އަރާފައި މިވަނީ ފާއިތުވި ހަތަރު ވަރަކަށް ދުވަސް ތެރޭގައެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން ރަނގަޅު ވެފައިވަނީ އިންޑިޔާއިންނެވެ. އެގޮތުން އެގައުމުން ކޮވިޑް-19 ޖެހިގެން މިހާތަނަށް 7،818،558 (ހަތް މިލިއަން އަށްލައްކަ އަށާރަހާސް ފައްސަތޭކަ ފަންސާސް އަށް) މީހުންވަނީ ރަނގަޅުވެފައެވެ.

ދެވަނައަށް މިބަލިން އެންމެ ގިނަ މީހުން ރަނގަޅު ވެފައިވަނީ މިހާތަނަށް އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައިވާ އެމެރިކާއިންނެވެ. އެގޮތުން އެގައުމުން މިހާތަނަށް 6،391،208 (ހަ މިލިއަން ތިންލައްކަ ނުވަދިހަ އެއްހާސް ދުވިސައްތަ އަށް) މީހުން ވަނީ ރަނގަޅުވެފަ އެވެ.

ކޮވިޑް-19 އިން ގިނަ އަދަދެއްގެ ބަޔަކު ރަނގަޅުވީ ނަމަވެސް، މި ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު އެކަނިވެސް 623،266 (ހަ ލައްކަ ތޭވީސްހާސް ދުވިސައްތަ ފަސްދޮޅަސް ހަޔަކަ) ށްވުރެ ގިނަ މީހުން އަލަށް ކޮވިޑް ޖެހިގެން ޕޮޒިޓިވް ވެފައިވެ އެވެ. މިއަދަދާއެކު މުޅި ދުނިޔެއިން ކޮވިޑް-19 ޖެހިގެން ޕޮޒިޓިވް މީހުންގެ އަދަދުވަނީ 49،655،221 (ސާޅީސްނުވަ މިލިއަން ހަލައްކަ ފަންސާސް ފަސްހާސް ދުވިސައްތަ އެކާވީހަ)ށް އަރާފަ އެވެ.

ކޮވިޑް-19 ޖެހިގެން ދުނިޔެއިން މަރުވާ މީހުންގެ އަދަދުވެސް ފަހަކަށް އައިސް އަންނަނީ ހިފެހެއްޓުމެއްނެތި އިތުރުވަމުންނެވެ. އެގޮތުން ހުކުރު ދުވަހުވެސް އިތުރު 9082 (ނުވަހާސް އަށްޑިހަ ދެ) މީހުން މަރުވެފައިވާއިރު މުޅި ޖުމްލަ މިހާތަނަށް ދުނިޔެއިން 1،248،552 (އެއް މިލިއަން ދެ ލައްކަ ސާޅީސް އަށް ހާސް ފައްސަތޭކަ ފަންސާސް ދެ) މީހުން މަރުވެފައިވެ އެވެ.

ކޮވިޑް-19 ގެ ވައިރަސް ޖެހި ހާލު ދެރަވެގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިއާއެކު މި ބަލީގައި މަރުވާ ހޯދާ މީހުންގެ އަދަދު ކުރިޔަށްވުރެ އިތުރުވެގެން ހިނގައިދާނެކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް