ހޮނިހިރު 28 ނޮވެންބަރު 2020
02 ދޮށަ
1442 ރަބީޢުލްއާޚިރު 12
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:18
އިރުއޮއްސޭ 17:53
އިޝާ 19:09
ޒުވާނުންނަށް ރައްކާތެރިކަން ދިނުން

ޒުވާނުންނާ ގުޅުވާ ޣައްސާން ދެއްކެވި ވާހަކައަށް އަނދުން ހުސެއިންގެ ވަރުގަދަ ރައްދެއް

  • ޣައްސާން ވިދާޅުވެފައިވަނީ މި ސަރުކާރުން ޒުވާނުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފެެއިލްވެފައިވާ ކަމަށް
  • ޝަހީމް ވިދާޅުވީ ޒުވާނުންގެ ވާހަކަދައްކަވަން ޢައްސާން ލަދުގަންނަން ޖެހޭނެ ކަމަށް

ކ. މާލެ | 23 އޮކްޓޯބަރ 2020 | ހުކުރު 07:37 | 12,232

ތ.ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ހުސެއިން ޝަހީމް (އަނދުން ހުސެއިން) - ރާއްޖެއެމްވީ

ޒުވާނުންގެ ރައްކާތެރިކަމާއި ގުޅިގެން ރައީސް މަޢުމޫން ޢަބްދުލް ގައްޔޫމުގެ ދަރިކަލުން އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ދެއްކެވި ވާހަކައަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މެމްބަރު ޝަހީމް ޣައްސާނަށް ރައްދުދެއްވީ 'ވިސްލް ބްލޯވަރ' ގާނޫނުގެ ދަށުން ރައްކާތެރިކަން ލިބެންޖެހޭ ކޮރަޕްޝަން ފަދަ މައްސަލަތައް ފަޅާ އަރުވާލާ ޒުވާނުން ރައްކާތެރި ކުރުމުގައި މި ސަރުކާރުން ފެއިލް ވެފައިވާ ކަމަށް ޢައްސާން ކުރެއްވި ޓްވީޓަކަށެވެ.

ރައްދުގައި ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު 'މަރަން އޯޑަރު' ދެއްވި ބައެއްގެ ފޮޓޯތަކެއް ހިއްސާ ކުރައްވާ މެމްބަރު ޝަހީމް ވިދާޅުވީ ޒުވާނުންގެ ވާހަކަ ދައްކަވަން ޢައްސާން ލަދުގަންނަން ޖެހޭނެ ކަމަށެވެ.

މިކަން ދޮގުކުރައްވަމުން ޣައްސާން ވަނީ، މިއީ އެމްޑީޕީން ރާއްޖޭގައި ވެރިކަން ކުރާ ދެވަނަ ފަހަރު ކަން ފާހަގަ ކޮށް ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ތެދު ކަމަށްވާ ނަމަ، ގާނޫނީ ފިޔަވަޅު ނާޅުއްވާނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.

މިއަށް ރައްދު ދެއްވައި މެމްބަރު ޝަހީމް ވަނީ ޖަލުގައި އަނިޔާވެރި ކޮށް މަރާލާފައިވާ އީވާން ނަސީމްގެ މައްސަލައާއި ގުޅިގެން ރައީސް މައުމޫން ދެއްކެވި ވާހަކަފުޅު ޓުވީޓު މެދުވެރިކޮށް ހިއްސާ ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.