އާދީއްތަ 17 ޖެނުއަރީ 2021
12 އުތުރަހަޅަ
1442 ޖުމާދުލް އާހިރަތު 03
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
އިރުއޮއްސޭ 18:15
އިޝާ 19:31
ބޮލީވުޑް

ޝާހްރުކް ޚާނާއި ދިޕިކާ އެކުގައި ފެނިގެންދާ ޕަތާންގެ ޝޫޓިންގް ފަށަނީ!

  • މިއީ "ޒީރޯ" އަށް ފަހު ފެނިގެންދާ ޝާހްރުކްޚާންގެ ފުރަތަމަ ފިލްމް
  • ޝޫޓިންގް ފެށުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހު
  • މި ފިލްމުން ޖޯން އަބްރަހަމް ވެސް ފެނިގެންދޭ

ކ. މާލެ | 21 އޮކްޓޯބަރ 2020 | ބުދަ 00:46 | 3,830

ފިލްމު ޕަތާންގެ ޕޯސްޓަރއެއް - އާކައިވް

ސިދާތް އާނަންދު ޑައިރެކްޓްކުރާ ފިލްމު 'ޕަތާން' ގެ ޝޫޓިންގ އަންނަ ނޮވެންބަރު މަހުގެ ފަހުކޮޅު ފަށާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޝާހްރުކް ޚާނާއި ދިޕިކާގެ އިތުރުން ދެން މި ފިލްމުން ފެނިގެން ދާނީ ޖޯން އަބްރަހަމްއެވެ. ޝާހްރުކް ޚާނާ އެކު ދެ މަސް ދުވަހުގެ ޝޫޓިންގއެއް ޝެޑިއުލް ކޮށްފައިވާ އިރު، އައު އަހަރުގެ ޗުއްޓީއަށް ފަހު ދީޕިކާ ޕަޑުކޯންއާއި ޖޯން އަބްރަހަމްގެ ޝެޑިއުލް ވެސް ފައްޓާނެކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފިލްމުގައި ޖޯން އަބްރަހަމް ފެނިގެން ދާނީ ނެގެޓިވް ރޯލަކުންނެވެ.

މި ފިލްމަކީ 2018 ގެ ފިލްމު 'ޒީރޯ' އަށް ފަހު ޝާހްރުކް ޚާން ކުޅޭ ފުރަތަމަ ފިލްމެވެ. ނަމަވެސް ދީޕިކާ އަދި ޖޯން މިހާރު ވެސް ދަނީ އެކި ފިލްމު ތަކުގެ ޝޫޓިންގައި އަވަދިނެތި މަސައްކަތްކުރަމުންނެވެ.

އެގޮތުން ދީޕިކާ ގޯއާގައި ފިލްމު ޝޫޓިންގް ނިމުމަށްފަހު، 'ބާހޫބަލީ' ގެ އެކްޓަރު ޕްރަބާސްއާ އެކު ފިލްމެއްގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. އަދި ޖޯން ދަނީ އެކްޝަން ފިލްމުތަކެއްކަމަށްވާ 'ސަތްޔަމޭވިޖަޔަތޭ 2' އާއި 'މުމްބާއި ސާގާ' ގެ ޝޫޓިންގައި މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.