އާދީއްތަ 17 ޖެނުއަރީ 2021
12 އުތުރަހަޅަ
1442 ޖުމާދުލް އާހިރަތު 03
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
އިރުއޮއްސޭ 18:15
އިޝާ 19:31
ބޮލީވުޑް

މަޝްހޫރު އެކްޓަރ ވަރުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ

  • ވަރުން ޗުއްޓީ ހޭދަކުރަމުންދަނީ ސޮނެވާ ފުށީގައި
  • ވަރުން ވަނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކޮށްފައި

ކ. މާލެ | 18 އޮކްޓޯބަރ 2020 | އާދީއްތަ 02:09 | 2,448

ވަރުން ދަވަން ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް - ހިންދުސްތާނީ ޓައިމްސް

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމުން ބޮލީވުޑްގެ ތަރިން ވަނީ މަސައްކަތްތައް ހުއްޓާލުމަށްފަހު ހަތް މަހެއްހާ ދުވަހު ގޭގައި ތިބެން ޖެހިފައެވެ.

ނަމަވެސް ނިއު ނޯމަލްގައި މަޑުޖައްސާލާފައިވާ ފިލްމްތަކުގެ ފިލްމްތަކަކުގެ ޝޫޓިންތައް ބައެއްތަރިން އަލުން ފަށާފައިވާއިރު އަނެއްބައި ތަރިން ދަނީ ޗުއްޓީ ހޭދަ ކުރުމަށް އެކި ގައުމުތަކަށް ދަތުރުކުރުމުންނެވެ.

އެގޮތުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ވަރުން ދަވަން މިވަނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައެވެ. ރިޕޯޓްތައް ބުނާގޮތުން ވަރުން، 33, ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ސޮނެވާ ފުށީގައެވެ.

އިންސްޓަގްރާމްގައި 32.6 މިލިއަން ފޮލޯ ކުރާ ވަރުން ވަނީ ފަހަތުން މޫދު ފެންނަ ހިތްގައިމު ވިއުއެއްގައި ޕޫލްގައި ހުސްގަޔާހުރެ ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. ފޮޓޯގެ ކެޕްޝަންގައި ވަރުން ވަނީ މާޝަލް އާޓްސް ލެޖެންޑް ބްރޫސް ލީ ގެ ކޯޓެއް ކަމަށްވާ "ބީ ލައިކް ވޯޓަރ މޭކިން އިޓްސް ވޭތްރޫ ކްރެކްސް" ލިޔެފައެވެ.

ވަރުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު އޭނާ އާއި އެކު "ޖުޅުވާ 2" އިން ފެނިގެންދިޔަ އެއް ބަތަލާ ތާޕްސީ ޕަންނޫވެސް ވަނީ ދާދިފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

ވަރުން އަކީ އިންޑިއާގެ އެކްޓަރުންގެ ތެރެއިން އެންމެ ގިނަ ފައިސާލިބޭ އެއް އެކްޓަރ އެވެ. 2014 ވަނަ އަހަރުން ފެށިގެން "ފޯބްސް" އިންޑިއާގެ އެންމެ ބޮޑު އާމްދަނީ ލިބޭ ސެލްބްރިޓީ ލިސްޓްގެ ޓޮޕް 100 ގެ ތެރޭގައި ވަރުން ހިމެނެއެެވެ.

ވަރުންގެ އެންމެ ފަހުން ރިލީޒްކޮށްފައިވާ ފިލްމަކީ "ސްޓްރީޓް ޑާންސަރ 3ޑީ" އެވެ. ވަރުންގެ ދެން އެންމެ އަވަހަށް ރިލީޒްކުރާނެ ފިލްމަކީ އޭނާގެ ބައްޕަ ޑޭވިޑް ދަވަންގެ ފިލްމް "ކޫލީ ނަމްބަރު 1" އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.