ކ. މާލެ
|
8 އޮކްޓޯބަރ 2020 | ބުރާސްފަތި 02:17
ރަތް އާފަލު
ރަތް އާފަލު
ޓްވިޓަރ
ސިއްހަތު
ކޮންމެ ދުވަހެއްގެ ކެއުމުގައި އާފަލެއް ހިމެނުން ރަނގަޅީ ކީއްވެ؟
 
ހަށިގަނޑުގައި ހުންނަން ނުވާ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދޭ
 
ކާއެއްޗެހި ހަޖަމުވުމަށް ވަރަށް ބޮޑު ރޯލެއް އަދާކުރޭ
 
އާފަލު ބޭނުން ކުރާ މީހަކު ނޭވާ ހިތްލުމާ ދުރުވޭ

އާފަލަކީ ނުކައި ދޫކޮށްލެވޭ ވަރަށްވުރެ ފައިދާ ކުރަނިވި މޭވާ އެކެވެ. ދުވާލެއްގެ މައްޗަށް އާފަލެއް ކާނަމަ އާންމު ބަލިތަކާ ވަރަށް ދުރުވެ ދެއެވެ. އާފަލުގައި އިންސާނަކަށް ބޭނުންވާނެ ނިއުޓްރިއަންޓްސް އާއި ވިޓަމިންސް ވަރަށް ގިނަ އަދަދަކަށް ލިއްބައިދެއެވެ. އާފަލުގެ ތެރެއިންވެސް ފެހި އާފަލަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ ގުނަ ފައިދާތަކެއް ހިމެނޭ މޭވާ އެކެވެ. ވިޓަމިން އޭ، ސީ އަދި ވިޓަމިން ކޭ ގިނަ އަދަދަކަށް އާފަލުގައި ހިމެނޭއިރު އަޔަން، ޕޮޓޭސިއަމް، ކެލްސިއަމް، އެންޓިއޮކްސިޑެންޓްސް އަދި ފްލޭވެނޮއިޑްސް ވެސް ގިނަ އަދަދަކަށް ހިމެނޭ މޭވާއެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އާންމު ގޮތެއްގައި އާފަލު ބޭނުން ކުރާ މީހަކު ނޭވާ ހިތްލުމާ ދުރުވެއެވެ. އާފަލުގައި ހިމެނޭ ފްލޭވެނޮއިޑްސްގެ ސަބަބުން ނޭވާ ހިތްލުމާ ދުރުކޮށްދީ ފުއްޕާމޭގެ ކެންސަރުން ދުރުކޮށްދެއެވެ. އަދި ހަމަ އެއާއެކު ބަނޑަށް ދިމާވާ ތަފާތު މައްސަލަތަކަށްވެސް އާފަލަކީ ވަރަށް ރަނގަޅު މޭވާ އެކެވެ. އެގޮތުން އާފަލުގައި ފައިބަރ ގިނަ އަދަދަކަށް ހުރުމުން ކާއެއްޗެހި ހަޖަމުވުމަށް ވަރަށް ބޮޑު އެހީއަކަށް ވެދެއެވެ.

ފެހި އާފަލު

ކޮންމެ ދުވަހެއްގެ ކެއުމުގައި އާފަލެއް ހިމެނުމުން ލުއި ކާނާތަކާއި ހަކުރު ހިމެނޭ ކާނާތަކާ ދުރަށް ދިއުމަށްވެސް ފަސޭހަ ވެގެންދާނެއެވް. އަދި އާފަލުގައި ހިމެނޭ ވިޓަމިން ސީ، ވިޓަމިން އޭ އަދި އެންޓިއޮކްސިޑެންޓްގެ ސަބަބުން މީހާގެ ސިއްހަތު ރަނގަޅުކޮށްދީ ޒުވާންކަން މަތީ ހުރުމަށް ވެސް އެހީތެރިވެދެއެވެ. މި މޭވާގައި ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވިފައި ހުރުމުން ލޮލުގެ ފެނުން ރަނގަޅު ގޮތުގައި ހުރުމަށްވެސް އެހީއަކަށް ވެދެއެވެ.

ޑޮކްޓަރުން ބުނާގޮތުގައި ރަތް އާފަލަށް ވުރެ ފަހި އާފަލުގައި ހަކުރުގެ މިނަވަރު މަދުވެފައި ފައިބަރގެ މިންވަރު ގިނަ އަދަދަކަށް ހުރުމުގެ ސަބަބުން ޓައިޕް ޓޫ ޑައިބެޓިކްސް ހުންނަ މީހުން ފެހި އާފަލު ކެއުމުން ހަކުރު ބަލީގެ ރިސްކް ކުޑަވާ ކަމަށެވެ. އަދި ފެހި އާފަލު ބޭނުން ކުރުން ރަނގަޅީ ތޮއްޓާ އެކުގައި ކަމަށް ވެއެވެ.

އާފަލުގެ ސަބަބުން ހަށިގަނޑުގައި ހުންނަން ނުވާ ކޮލެސްޓްރޯލް ލެވެލް ދައްކޮށްލަދޭތީ ހިތުގެ ބަލި ފަދަ ބަލިތަކުން ދުރުކޮށްދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
8%
85%
0%
4%
0%
4%
ކޮމެންޓް