ކ. މާލެ
|
24 ސެޕްޓެންބަރ 2020 | ބުރާސްފަތި 22:44
އެމްޑީޕީގެ ޖަލްސާއެއްގައި އެ ޕާޓީގެ ލީޑަރޝިޕް
އެމްޑީޕީގެ ޖަލްސާއެއްގައި އެ ޕާޓީގެ ލީޑަރޝިޕް
ޝުއައިބް މުހައްމަދު އިގްބާލް
ޕާޓީތަކުގެ މެމްބަރުންގެ އަދަދު
އެންމެ މެމްބަރުން ގިނައީ އެމްޑީޕީގެ، އެންމެ މެމްބަރުން މަދީ ލޭބަރ ޕާޓީގެ!
 
އެމްއާރުއެމްގެ މެމްބަރުންގެ އަދަދަށްވުރެ ޕީއެންސީގެ މެމްބަރުންގެ އަދަދު ގިނަ
 
ތިން ވަނަ އަށް އެންމެ މެމްބަރުން ގިނައީ، ޖުމްހޫރީ ޕާޓީގެ
 
ޕީޕީއެމްގެ މެމްބަރުންގެ އަދަދަކީ 37144 އެއް

52952 (ފަންސާސް ދެ ހާސް ނުވަ ސަތޭކަ ފަންސާސް ދެ) މެމްބަރުންނާއެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން ދައްކައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވަނީ ޕާޓީތަކުން ހުށަހަޅާފައިވާ ފޯމްތައް ޕްރޮސެސްކޮށް ނިންމާފަ އެވެ. އަދި އެޔާއެކު ޕާޓީތަކުގެ ދަފްތަރަށް އައި ބަދަލުތައް އިލެކްޝަންސްގެ ފަރާތުން އާންމުކޮށްފައިވެއެވެ.

ޕާޓީތަކުގައި މެމްބަރުން ތިބި އަދަދު:

  • އެމްޑީޕީ: 52952
  • ޕީޕީއެމް: 37144
  • ޖުމްހޫރީ ޕާޓީ: 13825
  • އެމްޑީއޭ: 8178
  • އަދާލަތު ޕާޓީ: 6640
  • ޕީއެންސީ: 4004
  • އެމްޓީޑީ: 3171
  • އެމްއާރުއެމް: 3023
  • ޑީއާރުޕީ: 2902
  • ލޭބަރ ޕާޓީ: 2881

އިލެކްޝަންސް ކޮމިޝަންގެ މައުލޫމާތުތައް ދައްކާގޮތުން އަހަރު ފެށިގެން މިހާތަނަށް އެމްޑީޕީގެ މެމްބަރުންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން 31 ޑިސެމްބަރު 2019 ވަނަ ދުވަހު އާންމުކުރި ހިސާބުތަކާއި، އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހު އާންމުކުރި އަދަދުތަކަށް ބަލާއިރު، އެމްދީޕީގެ މެމްބަރުންގެ އަދަދު 1149 މެމްބަރުން ވަނީ މަދުވެފަ އެވެ.

މި މުއްދަތުގައި އިދިކޮޅު ޕީޕީއެމްގެ މެމްބަރުންގެ އަދަދު އިތުރުވިނަމަވެސް، ޕީއެންސީގެ މްމަބަރުންގެ އަދަދު ވަނީ ދަށްވެފަ އެވެ. އެގޮތުން ޕީޕީއެމްގެ މެމްބަރުންގެ އަދަދު 1071 އިތުރުވެފައިވާއިރު، ޕީއެންސީގެ މެމްބަރުންގެ އަދަދު ވަނީ 217 ދަށްވެފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މައުލޫމާތުތައް ދައްކާގޮތުން، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބި ޖުމްލަ މެމްބަރުންގެ އަދަދު 134720 (އެއް ލައްކަ ތިރީސް ހަތަރުހާސް ހަތް ސަތޭކަ ވިހި) އަރަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
33%
0%
0%
0%
67%
ކޮމެންޓް
25 ސެޕްޓެންބަރ 2020 | ހުކުރު 08:11
ޙަސަން ވަހީދު
ވެ ރިކަމުގެ ޣާފިލުކަންމަތީގައި ތިއްބާ ޕާރޓީފުލުން ހިނގައިދާާނެ. ރައީސް ނަޝީދު /ހަސަން ލަތީފު