ކ. މާލެ
|
18 ސެޕްޓެންބަރ 2020 | ހުކުރު 12:55
އަނުޝްކާ އާއި ވިރާޓްގެ ކައިވެނީގެ ހަފްލާގެ ތެރެއިން
އަނުޝްކާ އާއި ވިރާޓްގެ ކައިވެނީގެ ހަފްލާގެ ތެރެއިން
ޓްވިޓަރ
މޯދީގެ ތަހުނިޔާ ވިރާޓް އާއި އަނުޝްކާ އަށް
ބޮޑު ވަޒީރު ނަރެންދުރަ މޯދީ، ވިރާޓް އާއި އަނުޝްކާ އަށް މަރުހަބާ ކިޔައިފި
 
މި ދެތަރީން ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރު ޑިސެމްބަރު މަހު
 
މޯދީ ވަނީ ވިރާޓް އަދި އަނުޝްކާ އަށް ލިބެންއުޅޭ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފައި
 
ބުދަ ދުވަހު ފާހަގަކޮށްފައިވަނީ މޯދީގެ 70 ވަނަ އުފަން ދުވަސް

ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހަކީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ 70 ވަނަ އުފަން ދުވަހެވެ.

މޯދީގެ އުފަންދުވަހުގެ ތަހުނިޔާ އިން މުޅި ސޯޝަލް މީޑިއާ ބަންޑުންކޮށްލާފައިވާ އިރު، އޭގެ ތެރޭގައި ބޮލީވުޑްގެ ތަރިންނާއި ކްރިކެޓް ކުޅޭ ކުޅުންތެރިންނާއި އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންނާއި އާންމުންގެ ގިނަ ބަޔަކު ހިމެނެ އެވެ.

މިހުރިހާ މެސެޖްތަކުގެ ތެރެއިންވެސް ގިނަބައެއްގެ ލޮލުގައި އަޅައިގަތީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަދި އެޓީމް ކެޕްޓަން ވިރާޓް ކޯލީއާ ކޮށްފައިވާ މެސެޖެއެވެ. މި މެސެޖަށް ޕީއެމް މޯދީ ވަނީ ވަރަށް ލޯބި ރައްދެއްވެސް ދެއްވާފައެވެ.

ބޮޑުވަޒީރު މޯދީ އަށް ތަހުނިޔާ ފޮނުއްވި އެންމެނަށް ވެސް ޝުކުރު އަދާކޮށްފައިވާއިރު، ވިރާޓް ޝެއާކޮށްފައިވާ މެސެޖަށް އެ ދެމަފިރިންނަށް ލިބެންއުޅޭ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފައިވެއެވެ.

ވިރާޓް ޝެއާކޮށްފައިވާ މެސެޖްގައި ވަނީ "އަޅުގަނޑުމެންގެ އޮނަރެބްލް ޕްރައިމް މިނިސްޓަރް ޝްރީ ނަރެންދުރަ މޯދީ ޖީ އަށް ވަރަށް އުފާވެރި އުފަންދުވަހަކަށް އެދެން" މިހެން ލިޔެފައިވެއެވެ. މި މެސެޖަށް ރައްދު ދެމުން ޕީއެމް މޯދީ ލިޔެފައިވަނީ "ޝުކުރިއްޔާ ވިރާޓް ކޯލީ، އަޅުގަނޑު ތިބާއަށާއި ތިބާގެ އަންހެނުން އަނޫޝްކާ ޝަރްމާއަށް ވެސް މަރުހަބާ ދަންނަވަން، އަޅުގަނޑު ގަބޫލްކުރާ ގޮތުގައި ތި ދެ މީހުންވެސް ވަރަށް ރަނގަޅު ބެލެނިވެރިންނަށްވާނެ" މިހެންނެވެ.

ޕީއެމް މޯދީގެ ޓްވީޓް

ވިރުޝްކާގެ ނަމުން ނަންދެވިފައިވާ މި ދެތަރީން ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިޓަލީގައި ބޭއްވި ހަފްލާއެއްގަ އެވެ. އާއިލާ އަދި ރަހުމަތްތެރީންނަށް، ދިއްލީ އަދި މުމްބާއީގައި ބޭއްވި ރިސެޕްޝަންގައި ބޮޑުވަޒީރު މޯދީ ބައިވެރިވެވަޑައިގެން ކައިވެންޏަށް މަރުހަބާވެސް ކިޔައިފައި ވެއެވެ. މި ދެ ތަރީންނަށް ދަރިއެއް ލިބެން އުޅޭކަން ފުރަތަމަ އިއުލާން ކޮށްފައި ވަނީ އޯގަސްޓް މަހު އަނޫޝްކާ އިންސްޓަގްރާމްގައި އޭނަގެ ބޭބީ ބަންޕު ފެންނަން އިންނަ ފޮޓޮއަކާއިއެކު ޝެއާކުރި ޕޯސްޓަކުންނެވެ.

އަނުޝްކާ އާއި ވިރާޓް - މި ދެ ތަރީންނަށް ދަރިއެއް ލިބެން އުޅޭކަން އަނޫޝްކާ އިންސްޓަގްރާމްގައި ޝެއާކުރި ޕޯސްޓަކުން
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
100%
0%
0%
0%
0%
0%
ކޮމެންޓް