ކ. މާލެ
|
9 އޯގަސްޓް 2020 | އާދީއްތަ 11:06
އަހުމަދު ތޮލާލް، ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި
އަހުމަދު ތޮލާލް، ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި
ރާއްޖެއެމްވީ
ރިލްވާން ގެއްލުވާލި މައްސަލަ
ފަރުވާކުޑަކުރި މީހުން ޖަވާބުދާރި ނުކުރެވެންޏާ މަރުތައް ތަހުގީގު ނުކުރެވޭނެ: ތޮލާލް
 
ރިލްވާންގެ މައްސަލާގައި މަރު ކޮމިޝަނަށް އެކަށީގެންވާ ވަަރަށް މަސައްކަތް ނުކުރެވޭ
 
ރިލްވާން އަށް ވީގޮތް ކިޔައި ދޭން ޖެހޭ: ތޮލާލް
 
ކިރިޔާވެސް އުއްމީދެއް އޮތީ އިންތިގާލީ އިންސާފު ގާއިމްކޮށްގެން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި މުއައްސަސާތަކުން އެކަމަށް ފަރުވާކުޑަކުރި މީހުން ޖަވާބުދާރީ ނުކުރެވެންޏާ އެ މައްސަލަ ތަހުގީގު ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް ސީނިއާ ޕްރޮގްރާމް ކޯޑިނޭޓަރު އަހުމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

ރިލްވާން ގެއްލުވާލިތާ ހަ އަހަރުވެފައިވާއިރު، ހޮނިހިރު ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ތޮލާލް ވިދާޅުވީ، ރިލްވާންގެ މައްސަލާގައި އެންމެ އެކަށީގެންވާ ވަރަށް ގެއްލުވާލާފައިވާ މީހުންނާ މަރާލާފައިވާ މީހުން ހޯދަން އުފަައްދަވާފައިވާ މަރު ކޮމިޝަނުން މަސައްކަތް ކުރެވިފައިވާ ނުވާ ކަމަށެވެ.

ސަބަބު ތަފްސީލު ކޮށްދެއްވަމުން ރިލްވާނަށް އިންސާފު ހޯދައިދިނުމަށް އަޑު އުފުލަމުން ގެންދަވާ ތޮލާލް ވިދާޅުވީ، އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވިފައިވާނަމަ ރިލްވާންގެ އާއިލާއަށް އޭނާއާ ބެހޭ ގޮތުން ސައްޙަ މައުލޫމާތު ލިބިފައި ހުންނާނެ ކަމަށެވެ. ތޮލާލްގެ ނަޒަރުގައި ރިލްވާން ގެއްލުވާލުމުގައި ބައިވެރިވި މީހުން މިހާރު ހުންނާނީ ހެކި ނައްތާލާފައި ނުވަތަ ހެކި ނައްތާލަން މަސައްކަތްތަކެއް ކޮށްފައެވެ.

މިވާހަކަ ދައްކާ ދައްކާ ހަ އަހަރު މިވީ. ރިލްވާނުގެ އާއިލާއިން މިކަމުގައި އާދޭސްކުރަން އެކި ސަރުކާރުތަކުން އެކި ބޭބޭފުޅުން ކައިރީ. އެކި އެކި ފަރާތްތަކަށް ގޮސް އާދޭސްކުރާތާ ހަ އަހަރުވެއްޖެ. އަނެއްކާވެސް މި އަންނަ އަހަރު މި ދުވަހު މި ވާހަކަ އަނެއްކާވެސް ދައްކަންވީ.
އަހުމަދު ތޮލާލް - ޓްރާންސްޕޭރެންސީ މޯލްޑިވްސް ސީނިއާ ޕްރޮގްރާމް ކޯޑިނޭޓަރު

ކޭމްޕޭނު ތެރޭގައި މި ސަރުކާރުން ރިލްވާން އާއި ޔާމިން ރަޝީދު އަށް އިންސާފު ހޯދައިދޭން ވާހަކަތަކެއް ދެއްކި ކަމަށާއި، އެކަމަކު މިހާރު އެކަން ޖޯޝާއެކި ކުރަން ބޭނުންވާ މަންޒަރެއް ނުފެންނަ ކަމަށް ތޮލާލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޖިނާއީ މައްސަލަ ތަހުގީގުކުރާ ގޮތަށް ރިލްވާންގެ މައްސަލަ ތަހުގީގު ކޮށްގެން ނަތިއްޖާ އަށް ވާސިލުވެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

ހަމައެކަނި އެކަން ކުރި މީހުންގެ ވާހަކަ ދައްކައިގެން ފަރުޖެއްސޭކަށް ނެތޭ. މުއައްސަސާތަކުގައި އެކަމަށް ފަރުވާކުޑަކުރި މީހުންނަށް މިއަދު ޖަވާބުދާރީ ނުކުރެވޭހާ ހިނދަކު މަރު ކޮމިޝަނުން ކުރާ މަސައްކަތުގެ އޭގެ ވަށައިގެންވާ ފޮރުވުމަށް މަސައްކަތްކުރި މީހުން ސުވާލުކުރެވި އެކަން ކަމުގެ މައުލޫމާތު ނުހޯދޭހާ ހިނދަކު މި މައްސަލަ ތަހުގީގު ކުރެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ
އަހުމަދު ތޮލާލް - ޓްރާންސްޕޭރެންސީ މޯލްޑިވްސް ސީނިއާ ޕްރޮގްރާމް ކޯޑިނޭޓަރު

ތޮލާލް ވިދާޅުވީ، ރިލްވާން އަދި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަށް އިންސާފު ލިބޭނެކަމުގެ ކިރިޔާވެސް އުއްމީދެއް އޮތީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އިންތިގާލީ ބިލްފާސްވެ އިންތިގާލީ އިންސާފު ގާއިމްކުރެވުމުންނެވެ.

އިންތިގާލީ އިންސާފުގެ ބިލަކީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ވަނަ އަހަރުން ފެށިގެން 17 ނޮވެމްބަރު 2018 އާއި ދެމެދު ހިނގާ ދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުން ތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސި މިނިވަންކަމާއި ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ގަނޫނީ އޮނގަނޑު އެކުލަވާލުމެވެ.

އެ ބިލް އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައެވެ. ބިލަށް ހިޔާލު އާއްމުންގެ ހިޔާލު ހޯދުމަށް މަޖިލީހުން ހުޅުވާލި މާޗް މަހުއެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން އެ ބައްދަލުވުން ފަސްކުރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
100%
0%
0%
ކޮމެންޓް
9 އޯގަސްޓް 2020 | އާދީއްތަ 12:35
މުޙައްމަދު
ތިވެސް އެކްޓިވިސްޓުންނަށް ލާރިދޭން ކުރާކަމެއް ކޮބާ ހުސްނުއްސުޢޫދު އޭނަ ތިކޮމިޝަން ފެއިލް ކޮއްލީ އެކަމަކު މިހާރު ސްޕްރީމް ކޯޓުގަ.
9 އޯގަސްޓް 2020 | އާދީއްތަ 11:12
ސޮމެޮނެ
މަރުކޮމިސަން ރަގަޅަށް ގެންދެވީމަ ސުޕްރީމް ފަޑިޔާރަކަށް ޕުރޮމޯޓްކުރީ..