ބުރާސްފަތި 01 އޮކްޓޯބަރ 2020
11 އަތަ
1442 ސަފަރު 13
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:08
އިރުއޮއްސޭ 18:00
އިޝާ 19:11
ކޮވިޑް-19، ވެކްސިން އެއް އުފެއްދުން

އިންޑިއާ އިން ވެކްސިނަށް އަގެއް ކަނޑައަޅައިފި، ޑޯޒަކަށް 250 ރުޕީސްއަށް ވުރެން ދަށްވާނެ

  • ވެކްސިން އުފެއްދުމުގެ މަސައްކަތް ވަރަށް ކާމިޔާބު
  • ވިޑް-19 އަށް ވެކްސިން އުފެއްދުމުގެ 120ށް ވުރެ ގިނަ ޕްރޮގްރާމް ކުރިއަށްދޭ

ކ. މާލެ | 8 އޯގަސްޓް 2020 | ހޮނިހިރު 08:19 | 24,553

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް އެތައް ޕްރޮގްރާމެއް އަންނަނީ ހިންގަމުން - ރޮއިޓަރސް

ކޮވިޑް-19ގެ ވެކްސިން އެއް ތައްޔާރުކުރަމުންދާ ދަ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އިން ވެކްސިންގެ އަގެއް ކަނޑައަޅައިފިއެވެ.

އެ ކުންފުނިން ކަނޑައަޅާފައިވަނީ ޑޯޒަކަށް 250 ރުޕީސް އަށް ވުރެ މަދު އަދަދެކެވެ. ސީރަމް އިންސްޓިޓިއުޓުން ބުނެފައިވަނީ ބުނެފައިވަނީ މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް 100 ޑޯޒު ދިނުމަށް ކަނޑައަޅާފައިވާއިރު ޑޯޒެއްގެ އަގަކީ 3 ރުޕީސް އާއި 92 ރުޕީސް އާއި ދެމެދުގެ އަގެއް ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެކްސިން އަކީ ބޭނުން ކުރަން ރަނގަޅު އެއްޗެއް ކަމަށް ކަނޑައެޅުމާއި އެކު 2021 ވަނަ އަހަރުގެ ތެރޭގައި ގައުމުތަކަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް ސީރަމް އިންސްޓިޓިއުޓް އިން ބުނެފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގެ 120ށް ވުރެ ގިނަ ޕްރޮގްރާމް ކުރިޔަށްދާއިރު އިންޑިއާގެ އެކި ކުންފުނިތަކުންވެސް ވެކްސިން އުފެއްދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިންޑިއާ އަކީ ވެކްސިން އުފެއްދުމަށާއި ބޭސްތައް އުފެއްދުމުގައި ބޮޑު ހިއްސާއެއް އަދާ ކުރާ އެއް ގައުމެވެ.

ކަމާބެހޭ މާހިރުން ގަބޫލު ކުރާ ގޮތުގައި ކޮވިޑް-19 އަށް ވެކްސިނެއް ލިބޭވަރު ވާނީ އަންނަ 2021 ވަނަ އަހަރުގެ މެދުތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.